ކަނޑުމަތީގެ އެކްސިޑެންޓެއްގައި 2020 ވަނަ އަހަރު ގެއްލުނު ނަސްރުﷲ އަބްދުﷲ ގެ މައްޗަށް އޭނާގެ އުފަން ރަށް، ބ. އޭދަފުށީގައި މާދަމާ ޣައިބަށް ކަށުނަމާދު ކުރަން ނިންމައިފި އެވެ.
ބ. އަތޮޅު އަނގަފަރު ފަޅު ކައިރިން ޑިންގީއަކާއި ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓުގައި އޭދަފުށީ/ މުސްތަރީގެ ނަސްރުﷲ ގެއްލުނީ 2 ޖެނުއަރީ 2020ގައެވެ. އެ ހާދިސާ ހިނގި އިރު، ޑިންގީގައި ތިބީ ނަސްރުﷲގެ އަންހެނުންގެ ދެ ބޭބެ ކަމުގައިވާ މުހައްމަދު ނޒީފާއި އަބްދުއް ސަމީއު އެވެ. އެ ހާދިސާގައި ނަސްރުﷲ އިން ޑިންގީ ކަނޑުއަޑިއަށް ދިޔައިރު، ޑިންގީ ފެނުނީ ހާދިސާ ހިނގިތާ ފަސް ދުވަސް ފަހުންނެވެ.
ނަމަވެސް ނަސްރުﷲ ހޯދުމަށް ވައިގެ މަގުންނާއި ރޮބެޓް ބޭނުންކޮށްގެން ގިނަ ދުވަސްތަކެއް ވަންދެން ބޮޑު ސަރަހައްދެއް ބެލި ނަމަވެސް އޭނާ ފެނިފައެއް ނުވެ އެވެ.
އޭދަފުށީ ކައުންސިލުން މިއަދު ބުނީ، ނަސްރުﷲގެ އާއިލާގެ ފަރާތުން ހުށަހަޅައިގެން އޭނާގެ މަރު، މިދިޔަ އޭޕްރީލް މަހު ކޯޓުގައި ސާބިތުކޮށްފައިވާ ކަމަށެވެ. އަދި ނަސްރުﷲ ގެ ކަށުނަމާދުގެ ކަންކަން ކުރިއަށް ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ވެސް މިހާރު އަންގާފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
އެހެންވެ މާދަމާގެ ހުކުރު ނަމާދަށްފަހު ރަށުގެ ތިން މިސްކިތުގައި ނަސްރުﷲގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަން ނިންމާފައިވާ ކަމަށްވެސް އޭދަފުށީ ކައުންސިލުން ބުންޏެވެ.




1 Comment
ގުޅުންހުރި
ދިއްދޫ ބިން ހިއްކުން: 5 ދުވަސް ތެރޭ 21 ހެކްޓަރު ހިއްކައިފި
ޑްރަގު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގެ އެސްޕީޑީއެއް!
ޝަމާހުގެ މައްސަލައެއް އޭސީސީން ބަލަނީ
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި
ރައްޔިތުން ނުކުތީ ދިރިއުޅުމުގެ އަގު އިންތިހާއަށް ދިއުމުން، ތިބެންވާނީ އެ މީހުންނާއެކު:
މަގާމަށް އައްޔަން ކުރިތާ 4 މަސް، ސްޓެލްކޯގެ އެމްޑީ ޝަމާހު ވަކިކޮށްފި