އެމެޒޯން ކުންފުނީގެ ބާނީ އެމެރިކާގެ މަހުޖަނު ޖެފް ބޭޒޯސް އާއި ލޯބިވެރިޔާ ލޯރެން ސެންޗޭޒް އިޓަލީގެ ވެނިސްގައި ކައިވެނި ކޮށްފި އެވެ.
މިއީ 61 އަހަރުގެ ބޭޒޯސް އާއި ލޯރެންގެވެސް ދެވަނަ ކައިވެންޏެވެ. އޭނާ ކައިވެނިކުރި 51 އަހަރުގެ ސަންޗޭޒްއަކީ އެެމެރިކާގެ ކުރީގެ ނޫސްވެރިއެކެވެ. އޭނާއަކީ މިހާރު ކުޑަކުދިންގެ ވާހަކަ ލިޔުންތެރިއެކެވެ.
ރިޕޯޓްތައް ބުނާ ގޮތުން ބިލް ގޭޓްސް، އިވަންކާ ޓްރަމްޕް، އޮޕްރާ ވިންފްރޭ، ބެޒޯސްގެ ދޮންބައްޕަ މައިކް ބެޒޯސް އަދި ކިމް ކާޑޭޝިއަން ފަދަ ދުނިޔޭގެ މަޝްހޫރު މީހުންނާއި ފަންނާނުން އެ މީހުންގެ ޕާޓީގައި ބައިވެރިވި އެވެ. އަދި ކައިވެނި ހަފުލާއަށް ދައުވަތު ދިން މީހުންނާއެކު ވެނިސްއަށް އިއްޔެ އާއި މިއަދު އެކަނިވެސް 95 ޖެޓް ޖައްސާފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ
ރިޕޯޓްތައް ބުނާ ގޮތުން ބެޒޯސް އާއި ސަންޗޭޒްގެ ކައިވެންޏަށް ދައުވަތު ދިނީ 200 މީހުންނަށެވެ. އަދި ކައިވެނި ހަފުލާ ތިން ދުވަހަށް ދެމިގެންދާނެ އެވެ. އަދި ހަފުލާގެ ކަންކަމަށް 50 މިލިއަން ޑޮލަރު ހަރަދުވި ކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ.
ދުނިޔޭގެ ތިންވަނައަށް އެންމެ މުއްސަނދި މީހާގެ މަގާމުގައި ހިމެނޭ ބޭޒޯސް އެންމެ ފުރަތަމަ ކައިވެނިކުރީ އެމެރިކާގެ ފިލެންތުރޮޕިސްޓް މެކެންޒީ ސްކޮޓްއާ އެވެ. ލޯރެން ކުރިން ކައިވެނި ކޮށްގެން އުޅުނީ އެމެރިކާގެ ވިޔަފާރިވެރިޔާ ޕެޓްރިކް ވައިޓްސެލްއާ އެވެ. އެ ދެ މީހުންގެ ކައިވެނި ވެސް 2019 ގައި ރޫޅުނުއިރު ބޭޒޯސް އާއި ސެންޗޭޒް ލޯބީގެ ގޮތުން ގުޅުނީ ވެސް 2019ގައެވެ.

ގުޅުންހުރި
ރިފްއަތު ވެސް އޭސީސީއަށް ހާޒިރުވާން އަންގައިފި
ނަތީޖާ ނެރެދިނުން ފިޔަވައި އިތުރު އެއްވެސް ކަމަކަށް ޝައުގެއް ނެތް: ރައީސް
މައިމީހާގެ ފަރާތުން ދަރިފުޅަށް ތިން ބައްޔެއް ފެތުރުން ހުއްޓުވައި ރާއްޖެ ތާރީހުގެ
އެލައިޑް ތަކާފުލްގެ ”ފަޔާ ތަކާފުލް“ މިހާރު އޮންލައިންކޮށް, އަވަހަށް އަދި ފަސޭހައިން
ޓްރަމްޕަށް އިޒްރޭލުގެ އެންމެ މަތީ ޝަރަފު ދޭން ނިންމައިފި
2026 ނިމޭއިރު ހުރިހާ ރަށެއްގެ ލެބޯޓްރީން ރަށު ފެންވަރުގެ ޓެސްޓުތައް ހެދޭނެ: