އިންޑިއާގެ ގުޖުރާތު ހައިކޯޓުގައި އޮންލައިންކޮށް ކުރިއަށްދިޔަ އަޑުއެހުމަކަށް ފާހާނާ ތަށިމަތީގައި އިނދެގެން ހާޒިރުވެއްޖެ އެވެ.
އެ އަޑުއެހުމަކީ ފާހާނާ ތަށި މަތީގައި އިނދެގެން ޝަރީއަތުގައި ބައިވެރިވި މީހާއާ ދެކޮޅަށް މީހަކު ހުށަހެޅި މައްސަލައަކާ ގުޅިގެން ފުލުހުން ހިންގަން ފެށި ތަހުގީގެއް ކޯޓު މެދުވެރިކޮށް ހުއްޓުވުމަށް އެދި ހުށަހެޅި މައްސަލައެއްގެ އަޑުއެހުމެކެވެ.
ގުޖުރާތުގެ ހައިކޯޓުގައި އެ މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ.
ނަމަވެސް މި މަހުގެ 20 ވަނަ ދުވަހު ބޭއްވި އަޑުއެހުން ފަށައި، ވީޑިއޯ އޮންކުރަން ބުނި އިރު މައްސަލަ ހުށަހެޅި ފަރާތް އިނީ ފާހާނާ ތަށި މަތީގައި ބޮޑުކަމުގެ ދިޔުމަށެވެ. މައްސަލަ ބެއްލެވި ފަނޑިޔާރު އޭރު ސްކްރީންއާ ދިމާލަށް އެއްވެސް ވަރަކަށް ނުބަލަ އެވެ. އެހެންވެ ފަނޑިޔާރުގެ ސަމާލުކަމަށް އެކަން އައިސްފައެއް ނުވެ އެވެ. އެކަން ފަނޑިޔާރުގެ ސަމާލުކަމަށް ގެނައީ އަޑުއެހުމުގައި ބައިވެރިވި އެހެން މީހުންނެވެ.
ނަމަވެސް އެކަމަށް ގޮތެއް ނިންމުމުގެ ކުރިން ފާހާނާ ތަށި މަތީގައި އިން މީހާ ފްލަޝްކުރާ އަޑު އިވެ އެވެ. އަދި އެއަށްފަހު ތާހީރުުމުގެ މަސައްކަތްކޮށް އެކަން ނިމުމުން ފާހާނާ އިން ނުކުމެގެންދާ މަންޒަރުވެސް ފެނެ އެވެ.




23 Comments
ގުޅުންހުރި
ވޯޓު ގަނެގެން އިންތިހާބުވާން ވިސްނާ ކެންޑިޑޭޓުންނަކީ އަމިއްލަ މަސްލަހަތަށް އުޅޭ ބައެއް:
އަންހެން ވޮލީ ޓީމުގެ ކޯޗު، ކުޅުންތެރިއަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ
ދިއްދޫ ބިން ހިއްކުން: 5 ދުވަސް ތެރޭ 21 ހެކްޓަރު ހިއްކައިފި
ޑްރަގު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގެ އެސްޕީޑީއެއް!
ޝަމާހުގެ މައްސަލައެއް އޭސީސީން ބަލަނީ
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި