ރާއްޖޭގައި މިވަގުތުވެސް 1434 ދަރިވަރުން ގުރުއާން ހިތުދަސްކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ރާއްޖޭގެ 20 ތަނެއްގައި ގުރުއާން ހިތުދަސްކޮށްދޭ ކުލާސްތައް ހިންގަމުން އަންނަ ކަމަށެވެ. އެ ކުލާސްތަކުގައި 783 އަންހެން ދަރިވަރުންނާއި 651 ފިރިހެން ދަރިވަރުން ހިމެނޭހެން ޖުމުލަ 1434 ދަރިވަރުން ގުރުއާން ހިތުދަސްކުރަމުން ގެންދާ ކަމަށް ބުންޏެވެ.
މިނިސްޓްރީން ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު އެންމެ ގިނަ ކުދިން ގުރުއާން ހިތުދަސް ކުރަމުންދަނީ މާލޭގައި ހުންނަ ކީރިތި ގުރުއާނާބެހޭ މަރުކަޒުގަ އެވެ. އެ ތަނުގައި 424 ދަރިވަރުން ދަނީ ގުރުއާން ހިތުދަސްކުރަމުންނެވެ.
ގުރުއާން ހިތުދަސްކޮށްދޭ ކުލާސްތަކާއި އެތަނުގައި ގުރުއާން ހިތުދަސްކުރާ ދަރިވަރުންގެ އަދަދު:
- ޝިފާއުލް ގުރުއާން ޓިއުޝަން ސެންޓަރު – އަންހެން 4، ފިރިހެން 5، ޖުމުލަ 9
- ގުލްފާމް ގުރުއާން ކްލާސް – އަންހެން 12، ފިރިހެން 6، ޖުމުލަ 18
- އައިއާރު ގުރުއާން ކްލާސް – އަންހެން 61، ފިރިހެން 13، ޖުމުލަ 74
- ގުރުއާން ލާނިން ސެންޓަރު – އަންހެން 38، ފިރިހެން 18، ޖުމުލަ 56
- ބަޝާރަތުލް ގުރުއާން – އަަންހެން 31، ފިރިހެން 23، ޖުމުލަ 54
- ތަދްރީސުލް ގުރުއާނުލް ކަރީމް – އަންހެން 18، ފިރިހެން 24، ޖުމުލަ 42
- ތަންޒޫލި އިންސްޓިޓިއުޝަން – އަންހެން 20، ފިރިހެން 9، ޖުމުލަ 29
- މަނާހިލް އަލް ގުރުއާން – ފިރިހެން 6
- ޒިކުރާ އިންޓަނޭޝަނަލް ކޮލެޖު – ފިރިހެން 21.
- އިލާމް އިންސްޓިޓިއުޝަން އޮފް އިސްލާމިކް ސްޓަޑީޒް (މާލެ) – އަންހެން 50، ފިރިހެން 77، ޖުމުލަ 127
- އިލާމް އިންސްޓިޓިއުޝަން އޮފް އިސްލާމިކް ސްޓަޑީޒް (ހުޅުމާލެ) – އަންހެން 38، ފިރިހެން 54، ޖުމުލަ 102
- ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒު (މާލެ) – އަންހެން 236، ފިރިހެން 188، ޖުމުލަ 424
- ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒު (ހުޅުމާލެ) – އަންހެން 91، ފިރިހެން 64، ޖުމުލަ 155
- ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒު (ވިލިމާލެ) – އަންހެން 21، ފިރިހެން 24، ޖުމުލަ 45
- ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒު (ފުވައްމުލަކު ސިޓީ ގޮފި) – އަންހެން 41، ފިރިހެން 26، ޖުމުލަ 67
- ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒު – (ރ. އަލިފުށި ގޮފި) އަންހެން 20، ފިރިހެން 14، ޖުމުލަ 34
- ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒު – (ގދ. ދާންދޫ ގޮފި) އަންހެން 23، ފިރިހެން 19، ޖުމުލަ 42
- ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒު – (ރ. ކިނޮޅަސް ގޮފި) އަންހެން 43، ފިރިހެން 37، ޖުމުލަ 80
- ޗޭނު ގުރުއާން ކްލާސް (ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ގޮފި)- އަންހެން 14، ފިރިހެން 6، ޖުމުލަ 20
- ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒު – (އދ. މަހިބަދޫ ގޮފި) އަންހެން 22، ފިރިހެން 7، ޖުމުލަ 29

ގުޅުންހުރި
ރަސްމާލޭގައި ފްލެޓް އެޅުމުގެ ފުރުސަތު ސިންގަޕޫރުގެ އިންވެސްޓަރުންނަށް ހުޅުވާލައިފި
މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގުގައި ޕާކުކޮށްގެން 380 ސައިކަލާއި 40 ކާރު
ތެޔޮ އުފުލާ ދެ ދޯންޏެއްގައި ރޯވެ ދެ މީހަކު ފިހިއްޖެ
680 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް ޔަގީންވެއްޖެ: ސައީދު
ފުރަތަމަ އެސްއީޒެޑް މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި
ރާއްޖެއިން ބޭރުން އަގުހެޔޮކޮށް ވިޔަފާރި ކުރާތީ ބީއެމްއެލް އިން ކަންބޮޑުވެ، ކުދިކިޔަން