މާލޭގެ ގެއެއްގެ ތެރޭގައި މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
ފުލުހުން އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީ ފޭދޫ، ސުވާސާގޭ އުމުރުން 48 އަހަރުގެ އިބްރާހީމް ސައީދެވެ.
ފުލުހުން އިއްޔެ ބުނެފައިވަނީ ހުއްދަ ނޫން ގޮތުގައި ގެއެއްގައި މީހަކު ހިފަހައްޓައި އަނިޔާކުރި މައްސަލައެއް ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ ބުދަ ދުވަހެވެ. އެ މައްސަލައިގެ ތަހުގީގުގެ ތެރެއިން ފުލުހުން ވަނީ ރަހީނުކޮށްފައިހުރި 44 އަހަރުގެ ދިވެހި މީހާ ހޯދައި އޭނާ ސަލާމަތްކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.
އަދި 44 އަހަރުގެ ދިވެހި މީހާ ރަހީނުކޮށް އަނިޔާކުރި ކަމުގެ ތުހުމަތުގައި އިބްރާހިމް ސައީދު ކުށުގެ ވެށިން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން މިއަދު ބުނީ އިބްރާހިމް ސައީދު ޝަރިއާތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.




ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި