އިންޑިއާގައި އޮންލައިންކޮށް ދިމާވެ ޗެޓު ކުރަމުންދިޔަ އަންހެން ކުއްޖާއާ ބައްދަލުކުރަން ދިޔަ ފިރިހެނަކު ރަހީނުކޮށް އަނިޔާކޮށްފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހިނގި އެ ހާދިސާގައި ރަހީނުކޮށްފައިވަނީ ސޯޝަލް މީޑިއާ އިން ދިމާވި އަންހެން ކުއްޖަކާ ބައްދަލު ކުރަންދިޔަ 20 އަހަރުގެ ނިކިލް ކިޔާ ޒުވާނެކެވެ.
ނަމަވެސް އޭނާ ގެއިން ނުކުމެގެން ދިޔަތާ ގަޑިއިރުތަކެއް ފަހުން އޭނާގެ ދައްތައަށް މީހަކު ގުޅައި, ނިކިލް ރަހީނުކޮށްފައިވާ ކަމާއި ދޫނުކުރާނެ ކަމަށް ބުންޏެވެ. އެހެންވެ އެ މައްސަލަ ނިކިލްގެ ދައްތަގެ ފަރާތުން ފުލުހަށް ހުށަހެޅި އެވެ.
ނިކިލްގެ ފޯން ޓްރޭސް ކޮށްގެން ފުލުހުން ކުރި މަސައްކަތުން އޭނާ ފެނުނީ ބަޔަކު އަނިޔާ ކުރަމުން ދަނިކޮށެވެ. އަދި ފުލުހުން ފެނުމުން ނިކިލް އަށް އަނިޔާކުރި މީހުން ފިލަން މަސައްކަތް ކުރި ކަމަށާއި ނަމަވެސް އޭގެ ތެރެއިން އެކަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ ރިޕޯޓްތައް ބުނެފައިވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ނިކިލް ރަހީނު ކުރުމުގެ ކުރިން އޭނާއާ އޮންލައިންކޮށް ދިމާވި ކުއްޖާއާއެކު މޯލަކަށް ދިޔަ އެވެ. އަދި ނިކިލް ރަހީނުކޮށް އަނިޔާކޮށްފައިވަނީ އޭނާގެ އަތުން ފޭރުމުގެ ބޭނުމުގައި ކަމަށާއި އެކަން ކުރި މީހުންނާ ނިކިލް ބައްދަލުކުރި ކުއްޖާއާ ގުޅުމެއްވާ ކަމަށްވެސް ބުނެފައިވެ އެވެ.




2 Comments
ގުޅުންހުރި
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް
އެސްޓީއޯގެ ބޭސްފިހާރަތައް ސަރުކާރުގެ ބޭސް ކުންފުނީގެ ދަށަށް
ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ހަމަޖައްސައިފި
އަރަގްޗީގެ އިންޒާރު ޓްރަމްޕަށް: ޓެސްޓު ކޮށްލަން ބޭނުންވާނަމަ ހަނގުރާމައަށް ތައްޔާރު!
ވިލިނގިލި ޑުރަގް ނެޓްވޯކު: އެކައުންޓްތަކުގައި 300 މިލިއަން ރުފިޔާ، 4 ލައްކަ
ވޯޓު ގަނެގެން އިންތިހާބުވާން ވިސްނާ ކެންޑިޑޭޓުންނަކީ އަމިއްލަ މަސްލަހަތަށް އުޅޭ ބައެއް: