އެމެރިކާގެ ޓެކްސަސް ސްޓޭޓަށް ކުރި ވިއްސާރައިގައި ފެންބޮޑުވެ ގިނަ ބަޔަކު މަރުވުމާ ގުޅިގެން އެ ގައުމުގެ ރައީސް، ޑޮނަލްޑް ޓްރަމްޕަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފި އެވެ.
ރައީސް، ޓްރަމްޕަށް ފޮނުއްވި މެސެޖުގައި ވިދާޅުވީ ފެންބޮވި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި ހާލުގައި ޖެހުނު އެންމެހާ ފަރާތްތަކަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތައުޒިޔާ ދަންނަވާ ކަމަށެވެ.
ހާލުގައި ޖެހިފައިވާ މީހުންނަށް އެހީފޯރުކޮށްދިނުމަށާއި މީހުން ސަލާމަތް ކުރުމަށް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކަށް ކާމިޔާބަށް އެދިވަޑައިގަންނަވާކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ސެންޓްރަލް ޓެކްސަސްގެ އެކި ހިސާބުތަކަށް ކުރި ވިއްސާރައިގައި ފެންބޮޑުވެ، އެ ސަރަހައްދުގެ ކޯރެއްވެސް ވަނީ ބަންޑުންވެފަ އެވެ. މިހާދިސާގައި 59 މީހުން މަރުވެފައިވާ ކަމަށް ރެކޯޑް ކުރެވިފައިވާ ކަމަށް އެސަރަހައްދުގެ ކަމާ ގުޅުންހުރި އިދާރާތަކުން ވަނީ ބޭރުގެ މީޑިއާތަކަށް މައުލޫމާތު ދީފަ އެވެ. މީގެ ތެރޭގައި 21 ކުޑަކުދިން ހިމެނޭ ކަމަށްވެސް ވެ އެވެ.




18 Comments
ގުޅުންހުރި
ދިއްދޫ ބިން ހިއްކުން: 5 ދުވަސް ތެރޭ 21 ހެކްޓަރު ހިއްކައިފި
ޑްރަގު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގެ އެސްޕީޑީއެއް!
ޝަމާހުގެ މައްސަލައެއް އޭސީސީން ބަލަނީ
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި
ރައްޔިތުން ނުކުތީ ދިރިއުޅުމުގެ އަގު އިންތިހާއަށް ދިއުމުން، ތިބެންވާނީ އެ މީހުންނާއެކު:
މަގާމަށް އައްޔަން ކުރިތާ 4 މަސް، ސްޓެލްކޯގެ އެމްޑީ ޝަމާހު ވަކިކޮށްފި