ރައްޔިތުންގެ ނަމުގައި ލޯނު ނަގައިގެން ރަސްމާލެ ހިއްކަން ނުޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އައްބާސް ވިދާޅުވީ ރަސްމާލެ ހިއްކުމުގެ ބަދަލުގައި ސަރުކާރުން ކުރަންވީ ކަމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ އެކިއެކި ސްކީމްތަކުން ގޯއްޗައި ފުލެޓް ލިބުނު މީހުންނަށް އެތަންތަން ހަވާލުކުރަންވީ ކަމަށެވެ.
”މިއަދު ރަށްފުށުގަޔާއި މާލޭގަޔާއި ބޯހިޔާވަހިކަން ނެތް މީހުންނަށް ގެދޮރު އަޅައިދޭންވީ. ފުށިދިއްގަރުފަޅެއް ނޫން ހިއްކަން ވީ ދައުލަތުން ރައްޔިތުންގެ ނަމުގަ ލޯނު ނަގައިގެން. ރައްޔިތުން ނަމުގަ ލޯނު ނަގައިގެން ފުށިދިއްގަރުފަޅު ހިއްކާކަށް ނުޖެހޭ. 4،000 ފުލެޓުގެ ހައްގުވެރިންނަށް 4،000 ފުލެޓު ދެއްވަންވީ، އިއްޒަތްތެރި ރައީސް،“ އައްބާސް ވިދާޅުވި އެވެ.
އައްބާސް ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުން ގޯއްޗައި ފުލެޓް ދޫކުރި ތަނަކުން އެ ފުލެޓެއްް ނުވަތަ ގޯއްޗެއް ލިބުނު މީހުންނާ ހަވާލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށެވެ.




ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި