ޒުވާނުންނާ ގުޅޭ ކަންކަމުގައި ކުރާ ހޭދަ އިތުރު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިލްތިމާސް ކުރައްވައިފި އެވެ.
މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައި ރައީސް ވަނީ ޒުވާނުންނަށް ފަހި ވެއްޓެއް ބިނާކޮށްދިނުމަށް ސަރުކާރުން ދެއްވާ ހާއްސަ އަހައްމިއްޔަތުކަން ފާހަގަކުރައްވާފަ އެވެ.
އެގޮތުން މަސައްކަތުގެ މާހައުލުން ލިބިދޭންޖެހޭ ލުއިފަސޭހަކަން ކަށަވަރުކޮށްދިނުމާއި، ހެޔޮއަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ދަރިން ބެލުމުގެ ކަންކަން ފަހިވެފައި އޮތުމާއި، ތަފާތުކުރުމެއް ނެތި ހަމަހަމަކަމާއެކު ފެންވަރު ރަނގަޅު ތައުލީމާއި ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުން ފަދަ ކަންކަން ފާހަަގަކުރައްވާފައިވެ އެވެ.
އަދި އެ މަނިކުފާނު ވަނީ ރާއްޖޭގެ އާބާދީ އުމުރުން ދޮށިވަމުން ދާއިރު، ކުރިމަގުގެ ހަމަޖެހުމާއި ކުރިއެރުން ކަށަވަރު ކުރުމުގައި ދިވެހި ޒުވާނުންގެ މުހިންމު ދައުރު ފާހަގަކުރައްވައިފަ އެވެ.
އެންމެ މުހިންމީ ޒުވާނުންނާ ގުޅޭ ކަންކަމަށް ކުރާ ހޭދަ މިހާރަށް ވުރެ އިތުރު ކުރުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން ދުރުރާސްތާއަށް ރޭވުމުގެ ބޭނުންތެރިކަން ފާހަގަކުރައްވައި ގައުމީ ހަގީގަތްތައް ދައްކުވައިދޭ އަދި ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ގައުމު ތައްޔާރުކުރަނިވި ފުރިހަމަ އާބާދީގެ ސިޔާސަތެއް އެކުލަވާލުމަށްވެސް ރައީސްގެ މެސެޖުގައި ގޮވާލެއްވި އެވެ.




1 Comment
ގުޅުންހުރި
ޖިންސީ ފުރައްސާރަކުރިކަން ސާބިތުވުމުން، ފެރިދޫ ކައުންސިލްގެ ރައީސް ސަސްޕެންޑްކޮށްފި
ނުރައްކާތެރިކޮށް ވެހިކަލް ދުއްވާނަމަ 20 އަހަރަށް ޖަލަށްލެވޭ ގޮތް ހަދަނީ
ކައުންސިލްތަކުގެ ސައިޒް ކުޑަކުރުމަށް މަޖިލީހުން ފާސްކޮށްފި
އަނބިމީހާއަށް 15،000 ރުފިޔާ ދޭންޖެހޭ، އަތަކު އެކައްޗެއް ވެސް ނޯވޭ: އައްބާސް
ނައިބު ރައީސުންގެ އިނާޔަތަށް ޝަރުތު ހަމަވަނީ ފައިސަލް އެކަނި
ކުރީގެ ނައިބު ރައީސުންނަށް މަހަކު 25,000ރ. އިނާޔަތެއް ދޭން ސަރުކާރުގެ ފަރާތުން