ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި ހިޔާ ފުލެޓު ލިބޭނެކަމުގެ ލިޔުން ލިބުނު ނަމަވެސް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ ފުލެޓުތައް އަތުލި މީހުންނަށް، މި ސަރުކާރުން އެންމެ އަވަހަށް ފަށާ ހައުސިން ސްކީމަކުން ފުލެޓު ލިބޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
އާންމުންނަށް މިނިސްޓަރުންނާ ސުވާލުކުރުމުގެ ފުރުސަތާއެކު ސިލްސިލާކޮށް ބާއްވަމުން އަންނަ ”އަހާ“ ފޯރަމްގައި އެކަމާ ގުޅޭގޮތުން މީހަކު ރޭ ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ މިހާރު އެކުލަވާލަމުން އަންނަ ސްކީމުތަކުގެ ތެރޭގައި އެމީހުންނަށް އިސްކަން ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފައިވާ ކަމަށެވެ
”ކޮންމެ މަޝްރޫއެއް ނަމަވެސް، އެންމެ އަވަހަށް ފެށިގެންދާ މަޝްރޫއުގެ ތެރޭގައި އަޅުގަނޑުމެން އިސްކަންދޭނަން މި ދެންނެވިގޮތަށް ހިޔާ ފުލެޓު އޭރުގެ ލިސްޓުގައިވާ ގޮތަށް ނުދިން ފަރާތްތަކުގެ ތެރޭގައި މިހާރުގެ ހާލަތަށް ބަލާއިރުގައި، އެ ފަރާތަކީ ބޯހިޔާވަހިކަމެއް ނެތް ފަރާތެއް ކަމުގައިވާ ނަމަ، އެ ފަރާތަކަށް އިސްކަން ދެވޭނެ ކަހަލަ ނިޒާމެއް ގާއިމުކުރުމަށް،“ މިނިސްޓަރު ވިދާޅުވިއެވެ.
މިހާރު ވެސް 10،000 އެއްހައި ހައުސިން ޔުނިޓު ހެދުމަށް ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މާ ލަސްތަކެއް ނުވެ ގުޅިފަޅުގައި ހަދަން ހަމަޖެހިފައިވާ 4000 ހައުސިން ޔުނިޓުގެ މަސައްކަތް ވެސް ފެށިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.




ގުޅުންހުރި
އީރާނުގައި ދިރިއުޅޭ ޗައިނާގެ ރައްޔިތުން އެ ޤައުމުން ފޭބުމަށް ޗައިނާ ސަރުކާރުން
ޗާގޯސް ހޯދަން މަސައްކަތް ފެށުމުން ރާއްޖެއާއެކު އޮތް ހާރިޖީ ގުޅުން ސަސްޕެންޑުކުރަން
މާރިޗު މަހު ވާރޭވެހޭ މިންވަރު މަދުވެ، އާންމު މިންވަރަށްވުރެ ހޫނުވާނެ!
ގާސިމުގެ ބައްޕާފުޅުގެ ހަނދާނުގައި މާމިގިލީގައި ބިނާކުރި މިސްކިތް ހުޅުވައިފި
ރޯދަމަހަކީ ކަންނެތްކަން އިހުތިޔާރުކޮށް، ޗުއްޓީ ނެގުމާއި ނިދުމުގެ މައްސަރެއް ނޫނެވެ.
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ