ރާއްޖޭގެ އެއާޕޯޓުތަކުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި މަސައްކަތްކުރާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އޮފިސަރުންގެ ރަސްމީ މަސައްކަތު ވަގުތު ހަ ގަޑިއިރަށް ކުޑަކޮށް އެކަން ގެޒެޓުކޮށްފި އެވެ.
ސީއެސްސީން އިއްޔެ ވަނީ އެވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އޮފިސަރުންގެ މަސައްކަތު ގަޑި އާއި ޗުއްޓީ އަދި ބަންދު ދުވަސްތަކާއި ހިންގުމުގެ އިސްފަންތީގެ މުވައްޒަފުން އަމަލުކުރަން ޖެހޭ ގޮތް ބަޔާންކޮށް ގަވާއިދު އިސްލާހުކޮށް ގެޒެޓުކޮށްފައެވެ.
ސީއެސްސީން ގަވާއިދަށް ގެނައި އެ އިސްލާހުގައިވާ ގޮތުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އޮފިސަރުންގެ ރަސްމީ މަސައްކަތު ވަގުތަކީ ދުވާލަކު ހަ ގަޑިއިރެވެ.
ގަވާއިދުގައިވާ ގޮތުން ރޯދަ މަހު މުވައްޒަފުންނަށް ލުއިވާނެ ގޮތަށް މަސައްކަތު ވަގުތު ހަމަޖެެއްސިދާނެ އެވެ.
ގަވާއިދު އިސްލާހުކުރުމުގެ ކުރިން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އޮފިސަރުންގެ ރަސްމީ މަސައްކަތު ވަގުތަކީ ދުވާލަކު 8 ގަޑިއިރެވެ.



