މޯލްޑިވްސް ކަސްޓަމްސް ސާވިސަސްއަށް ލިބެންޖެހޭ 477 މިލިއަން ރުފިޔާ ލިބިފައިނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން ކަސްޓަމްސްގެ 2020، 2021 އަދި 2022 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓު އިއްޔެ އާންމުކޮށްފައިވާއިރު އެ ރިޕޯޓުގައިވާ ގޮތުން ކަސްޓަމްސްއަށް 2022 ވަނަ އަހަރުގެ ނިޔަލަށް ލިބެންޖެހޭ 477 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބަ ހުއްޓެވެ.
ކަސްޓަމަށް ލިބެންޖެހި އެކަމަކު ނުލިބިފައިވާ ފައިސާގެ އަދަދު ދަނީ ކޮންމެ އަހަރަކު އިތުރުވަމުން ކަމަށާއި އެކަމުގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް ގެއްލުންވަމުންދާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.
އޮޑިޓް ރިޕޯޓުގައިވާ ގޮތުން 2022 ވަނަ އަހަރުގެ ނިޔަލަށް ކަސްޓަމްސްއަށް ނުލިބިވާ ފައިސާގެ ޖުމްލަ އަދަދު 477,915,625 ރުފިޔާ (477 މިލިއަން 915 ހާސް 625 ރުފިޔާ) އަށް އަރައެވެ.
އޮޑިޓް ރިޕޯޓުގައިވާ ގޮތުން މި އަދަދުގެ ތެރެއިން 83.3 އިންސައްތަ ނުވަތަ 398,154,111 ރުފިޔާއަކީ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ނުލިބި ހުރި ފައިސާ އެވެ.
ޖޫރިމައިނާގެ ގޮތުގައި 77,226,371 ރުފިޔާ ނުލިބިވާކަން ވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
މި އަދަދުގެ ތެރެއިން 322,676,331 ރުފިޔާ (322 މިލިއަން 676 ހާސް 331 ރުފިޔާ) އަކީ ތިން އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ފައިސާ ކަމަށް ރިޕޯޓުގައި ބުންޏެވެ.

ގުޅުންހުރި
ބޮކްސާ ތެރޭގައި މަސްތުވާތަކެތި ފޮރުވައިގެން އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި
ތިނަދޫގެ 200 ރޯހައުސްއަށް ކުރިމަތިލާން ހުޅުވާލައިފި،
އައްޑޫގައި ފިލްމު ބަލާފަައި ނުކުމެ ހިންގި މާރާމާރީއެއްގައި މީހަކަށް އަނިޔާވެއްޖެ
ލިބުނު މައުލޫމާތަކާ ގުޅިގެން ރެހެންދި ސްކޫލަށް ފުލުހުން ވަދެއްޖެ!
ސިނގިރޭޓް އެތެރެކުރި އަދަދު އާދަޔާ ހިލާފަށް ދަށްވެއްޖެ
ނުރައްކާތެރި ކުށްތައް ކުރަން ހަތިޔާރު ޖަމާކޮށްފައި ހުއްޓާ ހޯދައި، ތިން މީހަކު