ކެނދިކުޅުދޫ، މެންގްރޫވް އައިލޭންޑް ގެ ގޮތުގައި ރައްޔިތުން އެދިވަޑައިގަންނަވާ ކޮންސެޕްޓަށް، އިކޯ ޓޫރިޒަމް ތަރައްޤީކުރުމަށް ސަރުކާރުން މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަމުގެ ޔަޤީންކަންދެއްވީ، މިލަދުންމަޑުލު ދެކުނުބުރީގައި މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނ. ކެނދިކުޅުދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިއަދު ހަވީރު، ކެނދިކުޅުދޫ ސްކޫލް ހޯލުގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކެނދިކުޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ އެހެން ރަށްރަށުގައި ހުންނަ ގުދުރަތީ ރީތިކަމުގެ ފައިދާ އެރަށްރަށުންވެސް ބޭނުންވާނެ ކަމަށާއި އެ ހުރިހާ ކަމަކަށް ވިސްނާވަޑައިގެން، ހުރިހާ ރަށެއްގެ ރައްޔިތުންނަށް ފައިދާވާނެ ގޮތަކަށް ސަރުކާރުން އެކަމަށް ގޮތްތަކެއް ހޯއްދަވައިދެއްވާނެ ކަމަށެވެ.
ކެނދިކުޅުދޫ ގެ ތަރައްޤީއަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވައިލައްވަމުން ރައީސުލްޖުމޫހޫރިއްޔާ ވިދާޅުވީ ޞިއްޙީ މަރުކަޒަކީ ސައުވީސް ގަޑިއިރު ޚިދުމަތްދޭ ތަނަކަށްވުމުން، މުވައްޒަފުން އިިތުރުކޮށް އިތުރު އެމްބިއުލާންސެއް ވެސް ހޯއްދަވައިދެއްވާނެ ކަމަށެވެ.
މީގެ އިތުރުން ކުޅިވަރުގެ ދާއިރާއަށް ބޭނުންވާ ވަސީލަތްތަކާއި ހަލާކުވެފައިވާ ފުޓްސަލް ދަނޑުވެސް މިއަހަރު އަލުން ހަދައި، ފެނާއި ނަރުދަމާގެ މަސައްކަތްވެސް ކުރިއަށް އޮތް ދެތިން މަސްތެރޭގައި ނިމޭނެކަމަށް ރައީސުލްޖުމުހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމުހޫރިއްޔާގެ ވާހަކަފުޅުގައި ކެނދިކުޅުދޫގައި މިއަދު ފެށި އާރް.ޓީ.އެލް. ސްކޫލް ބަހުގެ ޚިދުމަތް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށް، ފްލީޓަށް އިތުރު ބަސް ގެނެސް ޚިދުމަތް އިތުރަށް ތަރައްޤީކުރައްވާނެކަމަށް ވެސް ވިދާޅުވިއެވެ.
ކެނދިކުޅުދޫއަށް އެ މަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުތައް މިއަހަރާއި އަންނަ އަހަރުގެ ތެރޭގައި ފުއްދަވައި ނިންމެވުމަކީ ޢަޒުމެއް ކަމަށާއި މިއަހަރު ތެރޭގައި ވަރަށް ގިނަ ރަށްރަށުގެ ތަރައްޤީގެ ކަންކަމުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ 2026 ވަނަ އަހަރު ހުރިހާ ރަށަކަށް ވެވަޑައިގެންފައިވާ ވަޢުދުތަކުގެ އަމަލީ މަސައްކަތް ފެށިގެންދާނެކަމަށެވެ.
2027 އާއި 2028 ގައި ކުރިއަށްދާނީ ހުރިހާ މަސައްކަތެއް ނިންމުގެ މަސައްކަތް ކަމަށާއި، އިޤްތިޞާދީގޮތުން ދިމާވެފައިވާ ހުރިހާ ދަތިކަމަކުން އަރައިގަނެ، ދަރަނި ދެއްކުމުގައި ދަތިތަކެއް ދިމާނުވާނެ ގޮތަށް ޕްލޭންކުރެވި ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމަށް ކަންކަން ތަރުތީބުކުރައްވަމުން ގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގުޅުންހުރި
ހަމަލާ ދިނުމުގެ ކުރިން ވައިޓްހައުސްއިން އިންޒާރު ދިންކަމަށް ބުނާ ބުނުން ގަތަރުން
އަގު ކޮންޓްރޯލް ކުރަން އެސްޓީއޯ އިން އޮރެންޖު އެތެރެކޮށް ވިއްކަން ފަށައިފި،
”ކަނބުލޮ“ ކާމިޔާބު ކޮށްފި! މި ހަފްތާ ބަންދުގައި އެކަނިވެސް 56 ޝޯ
އަލީބާބާގައި މުދާ ވިއްކޭ ގޮތް ދިވެހިންނަށް ހަމަޖައްސައިދެނީ
ސްޓެލްކޯގެ ބޯޑަށް މުޒްނާ އައްޔަންކޮށްފި
ބިދޭސީންނާ ގުޅުން ހުރި ފީގެ ގޮތުގައި ދައުލަތަށް ލިބެނީ 1.2 ބިލިއަން