އިދިކޮޅު އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ”ރަންރީނދޫ“ ގެ ނަމުގައި މާދަމާ ހަވީރު މާލޭގައި ބާއްވަން ނިންމި ދުވުމުގެ ހަރަކާތް އަންނަ އޮގަސްޓް 1 އަށް ފަސްކޮށް، ސެންޓްރަލް ޕާކުގައި އެ ދުވުން ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްޑީޕީން ބުނެފި އެވެ.
މިދިޔަ މަހުގެ 26 ގައި ފާހަގަކުރި ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ދުވުމެއް ބާއްވަން އެ ޕާޓީން ފުރަތަމަ ބޭނުންވީ މި މަހު 18 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.
ނަމަވެސް އެ ދުވުމަށް އެޗްޑީސީގެ ހުއްދަ ނުލިބުމުން އެ ހަރަކާތް މާދަމާ ހަވީރު މާލޭގައި ބާއްވަން އެ ޕާޓީން ނިންމީ މިދިޔަ ހަފުތާގަ އެވެ.
އެކަމަކު އެމްޑީޕީން މިއަދު ބުނީ ރަންރީނދޫ ދުވުން އަންނަ މަހު ބާއްވާނީ ފުލުހުންގެ އެހީތެރިކަމާއެކު ހުޅުމާލެ ސެންޓްރަލް ޕާކު ހިމެނޭ ސަރަހައްދުގައި ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލްތައް ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރާނެ ކަމަށެވެ.
އެމްޑީޕީގެ ރަންރީނދޫ ދުވުން ހުޅުމާލޭގައި ބާއްވަން ހުއްދަ ނުދިނުމުން އެމްޑީޕީން ވަނީ އެ މައްސަލަ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ސިޓީއެއް ވެސް ހުށަހަޅާފަ އެވެ.




2 Comments
ގުޅުންހުރި
އުކުޅަހުން ޓޫރިސްޓަކު ގެއްލިގެން ހޯދަނީ، ފޯނާއި ހުރިހާ ސާމާނެއް ކޮޓަރީގައި އެބަހުރި
ޔާމީންގެ ޖަލްސާއަށް ކަރަންޓް ނުދީފާނެތީ އަމިއްލައަށް ކަރަންޓު ދޭން ޖަނަރޭޓަރެއް ބަހައްޓައިފި
ބޯހިޔާވަހިކަމަށް ބަޖެޓުގައި ޖެހި 1.8 ބިލިއަންގެ ތެރެއިން ހަރަދުކުރީ އެންމެ 10
ޒަމީރު މުހިންމު ސާޖަރީއެއް ކޮށްފި، ހާލު ރަނގަޅު
ގެދޮރުވެރިޔާ ފުލެޓުގެ ޑައުންޕޭމަންޓަށް ރަނގަޅު ހައްލެއް ހޯދައިދޭނަން: ރައީސް
ޕޮއިންޓު ބަދަލުކޮށްގެން އެއްވެސް މީހަކަށް ފުލެޓުދީފައެއް ނުވާނެ: ރައީސް