ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ސަރުކާރުން ރަސްމީކޮށް މަރުހަބާ ކިޔައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް މޯދީ ރާއްޖެ ވަޑައިގަތީ މިއަދު 9:15 އެހާކަންހާއިރެވެ. އެއަށް ފަހު، މެންދުރު ފަހު 2:45 އެހާކަންހާއިރު ވަނީ ރަސްމީ ފާލަން ސަރަހައްދުގައި އެ މަނިކުފާނަށް ރަސްމީކޮށް މަރުހަބާ ދަންނަވައިފަ އެވެ.
މޯދީއަށް މަރުހަބާ ދެންނެވުމުގެ ގޮތުން ސްކޫލު ކުދިންގެ ޚާއްސަ ހަރަކާތެއް ވަނީ ބާއްވައިފަ އެވެ.
ޖުމްހޫރީ މައިދާނުން މޯދީ ވަނީ ހަތްކޮޅުގައި ރައީސް އޮފީހަށް ވަޑައިގެންފަ އެވެ.
ރައީސް އޮފީހުގައި މޯދީއާއި ރައީސް ރަސްމީ މަަޝްވަރާތައް ކުރައްވާނެ އެވެ. އެއަށް ފަހު މިއަދު ދެ ގައުމުގެ ލީޑަރުން އެކުގައި ދެއްވާ ޖޮއިންޓް ސްޓޭޓްމަންޓް ދެއްވަން ވަނީ ހަމަޖެހިފައެވެ.




ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި