މިނިވަން ވިޔަފާރި އާއި ޔޫޕީއައިގެ ހިދުމަތް ފެށުން ހިމެނޭ ގޮތަށް އިންޑިއާއާ އެކު ރާއްޖެއިން މުހިންމު 8 އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ބައިވެރިވެވަޑައިގެންނެވި އެވެ.
ރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުންތައް:
1- ފްރީ ޓްރޭޑް އެއްބަސްވުން
2- 565 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ އެއްބަސްވުން
3- ޑޮލަރު ކްރެޑިޓް ލައިން އެއްބަސްވުން
4- މަސްވެރިކަން ތަރައްގީކުރުމަށް އެހީތެރިވުމުގެ ފަހުމާނު
5- ރާއްޖެއަށް ކޮލިޓީ ރަނގަޅު ބޭސް ފޯރުކޮށްދިނުމުގެ އެއްބަސްވުން
6- ތިމާވެށީގެ ދާއިރާ ތަރައްގީކުރުމުގެ އެއްބަސްވުން
7- ޑިޖިޓަލައިޒޭޝަންގެ އެއްބަސްވުން
8- އެމްއެމްއޭގެ ނެޓްވޯކް އިތުރުކުރުމުގެ އެއްބަސްވުން
އެމްއެމްއޭގެ ނެޓްވޯކް އިތުރުކުރުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުالله ހަލީލެވެ.
މި އެއްބަސްވުންތަކުގައި އިންޑިއާގެ ފަރާތުން ސޮއިކުރައްވާފައިވަނީ އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. އެސް ޖައިޝަންކަރެވެ.




ގުޅުންހުރި
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް