ކުރިއަށް ހަފުތާތަކުގެ ތެރޭގައި އަދި މަސްތަކުގެ ތެރޭގައި ތަރައްގީގެ ކަންކަން ހާސިލުވެގެންދާތަން ފެންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ތަރައްގީގެ ވައުދުތައް ފުއްދުމަށް އެ މަނިކުފާނާއި ކެބިނެޓުން ދަނީ އިހުލާސްތެރި މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.
”ކުރިއަށް އޮތް ހަފުތާތަކާއި މަސްތަކުގައި، މި ދަންނަވަނީ އަހަރުތަކެއް ނޫން. ހަފުތާތަކާއި މަސްތަކުގައި ފެންނާނެ. އިރާދަކުރެއްވީތީ މިދިޔަ ގިނަ ދުވަސްތަކުގައި މި ތައްޔާރުވަމުން އައި ކަންތައްތައް އަމަލީގޮތުން ފެނިގެންދާނެ. އިރާދަކުރެއްވިއްޔާ ރާއްޖޭގެ ކޮންމެ ރަށެއްގައި އަދި މާލޭގައި ވެސް ތަރައްގީގެ ކަންކަން ހާސިލުވާތަން ފެންނާނެ“ ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ އެކި މީހުން އެކި ދިމާލަށް ގޮސްގެން ގައުމެއް ނޯންނާނެ ކަމަށާއި މިނިވަންކަން މިހާ ހިސާބަށް ދެމެހެއްޓިފައި ވަނީ ވަރަށް ގިނަ ބައެއްގެ އިހުލާސްތެރި ބުރަ މަސައްކަތުން ކަމަށް ވާއިރު، އެ ބޭފުޅުންގެ މަސައްކަތްތައް އަމާނާތްތެރިކަމާ އެކު ކުރިއަށް އޮތް ޖީލުތަކަށް ގެންގޮސް ދިނުމަކީ އެންމެންގެ ވެސް ފަރުދީ ޒިންމާއެއް ކަމަށެވެ.
އެމަނިކުފާނުގެ ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ދިވެހިން އިސްކުރުން ކަމަށް ވެސް ވިދާޅުވި އެވެ.


 
					

4 Comments
ގުޅުންހުރި
މަނީ ލޯންޑަރިންގެ ކުށުގައި ބައްސާމްގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް
އަންނަ އަހަރުގެ ބަޖެޓަށް 64 ބިލިއަން ރުފިޔާ، 62 ޕަސެންޓަކީ ރިކަރަންޓް
ފްލެޓަށް ޑައުން ޕޭމަންޓް ނުދެއްކި ތިބި ފަގީރުންނަށް ޒަކާތު ފަންޑުން އެ
ބަޖެޓުން މިލިއަނެއްހާ ރުފިޔާ ދޭ މީޑިއާއެއްގެ ހިއްސާދާރުންގެ ތެރޭ ޝަހީމްގެ ދަރިކަލުން
މި އަހަރުގެ މިހާތަނަށް ބީއެމްއެލް އިން ހަ ބިލިއަން ރުފިޔާގެ ލޯނު
އެމެރިކާ އިން ނިއުކްލިއާ ހަތިޔާރު ޓެސްޓު ކުރަން ފަށަން ޓްރަމްޕް އަމުރުކޮށްފި