ލ. މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު މަރާލައިފި އެވެ.
ފުލުހުން ބުނީ، އެ ހާދިސާގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 10:12 އެހާކަންހާއިރު ކަމަށެވެ.
އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، މަރުވެފައިވަނީ ލ. މާވަށް/ ނަލަހިޔާ، މޫސާ އިބްރާހިމް (29އ) ކަމަށެވެ.



