މޫސަ މަރާލީ ފަހަތުން ގޮސް ސީދާ ކަރަށް ހަމަލާދީގެން!

ލ. މާވަށުގައި މިއަދު ތޫނު އެއްޗަކުން ހަމާލާދީ އެ ރަށު/ ނަލަހިޔާ، މޫސާ އިބްރާހިމް (މޫސަ ބްރޯ)، 29އ މަރާލާފައިވަނީ ފަހަތުން ގޮސް ސީދާ ކަރަށް ހަމަލާދީގެންކަން އެނގިއްޖެ އެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ ރަށު ވޮލީ ކޯޓް ސަރަހައްދުން މޫސައަށް ހަމަލާ ދިނީ ދެ މީހެއްގެ ދެމެދު ހިނގި މާރާމާރީއެއްގައި މިއަދު ހެނދުނު ކަމަށެވެ.

“މޫސައަށް ހަމަލާ ދިނީ ސީދާ ކަރަށް ފަހަތުން ގޮސް، އޭނާއަށް ވެސް ނޭނގި ހުއްޓައި،” އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ފުލުހުން ބުނީ މޫސާގެ މަރުގެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މޫސާ އިބްރާހިމްގެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހދ. ނޮޅިވަރަންފަރު/ އަސަރީ މަންޒިލް، މުހައްމަދު އިބްރާހިމް، 29އ. އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.