އއ. މާޅޮހުގައި އަނިޔާވެރިކޮށް މަރާލި އަބްދުއްރަހްމާން އާދަމް, 65 މަރުވީ އޭނާގެ ބޮލަށް ލިބުނު އަނިޔާގެ ސަބަބުންކަން އޮޓޮޕްސީ ވަގުތީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި މި މަރުގެ މައްސަލައާ ގުޅިގެން އަދިވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.
”އަބްދުއްރަހްމާން އާދަމް ނިިޔާވެފައިވަނީ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ކަމަށް އަބްދުއްރަހްމާން އާދަމްގެ އޮޓޮޕްސީ ވަގުތީ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައި،“ ފުލުހުން ބުންޏެވެ.
އަބްދުއްރަހްމާންއަށް ހަމަލާދީ މަރާލީ އއ. މާޅޮސް، މާހިޔާ ގޭގައި އޭނާ ނިދާފައި އޮއްވައި ޖުލައި 13، ގަ އެވެ.



