ރައީސް، ޑރ. މުހައްމަދު މުއިއްޒަށް މަރުގެ އިންޒާރުދިން މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފި އެވެ.
ރައީސަށް މަރުގެ އިންޒާރު ދީފައި ވަނީ ފޭސްބުކްގައި ”މަސީހް މޫސާ“ ނަމުގައި ހަދާފައިވާ ފޭސްބުކް އައިޑީ އަކުން ކުރި ޕޯސްޓެއްގަ އެވެ.
އެ އިންޒާރު ދީފައިވަނީ، މަސްތުވާތަކެތި އެތެރެކޮށް ވިއްކާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމާ ބެހޭ ގޮތުން މަޝްވަރާކުރަން ރައީސް އެންގެވުމާ ގުޅޭ ހަބަރަކާ ގުޅިގެން އޭނާ ކުރި ޕޯސްޓެއްގައެވެ.
ފުލުހުން މިރޭ ބުނީ މަސީހުގެ ބަންދަށް 10 ދުވަސް ކޯޓުން ޖަހައިދީފައިވާ ކަމަށެވެ.
އަދި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.




ގުޅުންހުރި
ސައުދީ ރަސްގެފާނުގެ ފަރާތުން ދޭ ރޯދަވީއްލުމުގެ ޕްރޮގްރާމް ރާއްޖޭގައި ފަށައިފި
އައްޑޫގައި މަސައްކަތް ކުރާ ލަންކާ މީހަކު އިސްލާމްވެއްޖެ
ދިވެހިންގެ އެހީގައި ގާޒާގައި އިތުރު ވަގުތީ މިސްކިތެއް
އެމެރިކާގެ ސްޕްރީމް ކޯޓަކީ ވަފާތެރިކަމެއް ނެތް ތަނެއް: ޓްރަމްޕް
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
ތި ހެދީ ދޮގެއް – އަދިވެސް ދޮގުހަދާނަން؟