ސެޕްޓެމްބަރ 21, 2025

76 އަށްވުރެ މަތިން މާކްސް ލިބުނު މީހުންނަށް ފްލެޓް ނުދީ، އެއަށްވުރެ މަދުން ލިބުނު މީހުންނަށް ފްލެޓް ދިން މައްސަލައެއް

ގެދޮރުވެރިޔާގެ ސްކީމުގެ ދަށުން 76 މާކްސް އަށް ވުރެ މަތިން ލިބުނު ބަޔަކަށް ފްލެޓް ނުދީ އެއަށްވުރެ ދަށުން 75 މާކްސް ލިބުނު ބަޔަކަށް ގުރުއަތު ނަގައި ފްލެޓް ކަނޑައަޅާފައިވާ މައްސަލަ ފެންމަތިވެއްޖެ އެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނީ ގެދޮރުވެރިޔާ ސްކީމުން ފުލެޓް ލިބޭ މީހުން ކަނޑައެޅުމަށް 16 ނޮވެންބަރު 2023 ގައި ނެގި ގުރުއަތުލުމުގައި، 76 އަށް ވުރެ މަތިން މާކްސް ލިބި ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައިނުވާ ފަރާތްތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި 76 އަށް ވުރެ މަތިން މާކްސް ލިބިފައިވާ ބައެއް ފަރާތްތަކަށް ފުލެޓް ކަނޑައަޅާފައިނުވަނީސް، 75 އަށް ވުރެ މަތިން މާކްސް ލިބުނު ބައެއް މީހުންގެ ގުރުއަތު ނަގައި އެ މީހުންނަށް ފުލެޓް ކަނޑައަޅާފައިވާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ، 76 މާކްސް އަށްވުރެ މަތިން ލިބުނު މީހުންނަކީ ފްލެޓް ލިބޭނެކަމަށް ކަނޑައަޅާފައިވާ ބަޔަކަށްވާތީ، އެ މީހުންނަށް ލިބޭ ފުލެޓް ކަނޑައަޅައި އެ މަރްހަލާ ނިމުމުން، 75 މާކްސް ލިބުނު މީހުންގެ ފްލެޓާ ގުޅޭ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.

15 ނޮވެންބަރު 2023 ގައި ހައުސިން މިނިސްޓްރީން ނެރެފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުގައި ގެދޮރުވެރިޔާ ސްކީމުގެ ފައިނަލް ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ފުރަތަމަ ބުރުގައި 3 ކޮޓަރީގެ ފުލެޓް ލިބޭނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުންނަށެވެ.

އެ މީހުންނަށް ލިބޭ ފުލެޓް ކަނޑައެޅުމަށް ފަހު ބާކީވާ ފުލެޓްތައް 75 މާކްސް ލިބިފައިވާ މީހުންގެ ތެރެއިން ގުރުއަތަކުން ހޮވޭ ފަރާތްތަކަށް ދޭނެ ކަމަށް ބުނެފައިވެ އެވެ.

އަދި ފުރަތަމަ ބުރުގައި 2 ކޮޓަރީގެ ފުލެޓް ލިބެނީ 73 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް ކަމަށް އެ އިއުލާނުގަައިވެ އެވެ.

6 Comments

  • Raz Abdul އޯގަސްޓް 4, 2025

    🥲🥲🥲

  • Jun Natt އޯގަސްޓް 4, 2025

    Ajaibe nuvaane tha ACC in. Kuri keen hey
    Kihaa dhuvahe ACC ga massalha 👈🏻 balhaa .. hurihaa kushe 👈🏻 fillhuvai gene nun tha. 👈🏻 Alhun thiya feshi kee..?..
    Mi dhiya 2 moth kurin govaali poatal medhuveri ko shakuvaa husha hellhuna… mihaathana. e,mme shakuvaa a ka ves javaabe nudhe vaa ..??

  • Xai Navee އޯގަސްޓް 4, 2025

    Konme bayaku vess dheyne bayakah dhenee
    Dhen verikan athun beeveema kiyaanee kureege verikamey nimidhiya verikamey
    Aharumen lee buru 150 point libunu
    Ekamaku vaa hama baakee

  • Ibrahim Shakeeb އޯގަސްޓް 5, 2025

    Happy Tha

  • Abdulla Mv އޯގަސްޓް 6, 2025

    Kevetho sharuthu hamanuvaa, dhogu maullomaathu dheefaivaa meehunaa Flat havaalukiranee, kobaitho migaumuga insaafakee

  • Noo Ali އޯގަސްޓް 12, 2025

    Nubeleynè thikameh .. tholhiyah dhaanee thikan !!
    Misarukaaru gennan vote dhin kudhiinkolhu nikan nikumè salhi gothakah aiyhjahaa bala

Leave a Reply to Jun Natt Cancel reply