ސްޓެލްކޯއިން މާލޭ ސަރަހައްދުގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރަމުންދާތީ މިއަދު މެންދުރުފަހުގެ ވަގުތުތަކުގައި މާލެ އަދި ހުޅުމާލެ ފުރުތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުން އެކަށީގެންވާކަމަށް އެ ކުންފުނިން ބުނެފިއެވެ.
ސްޓެލްކޯއިން މިކަން ހާމަކޮށް އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެކުންފުނިން މާލެ އަދި ހުޅުމާލޭގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރަމުންދާތީ، މިއަދު މެންދުރުފަހު 14:00 އިން ފެށިގެން 16:30 އަށް މާލެ ސިޓީގެ ނިކަގަސް މަގު ހިމެނޭ ސަރަހައްދުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުން އެކަށީގެންވާ ކަމަށެވެ.
އަދިހަމައެހެންމެ، މިއަދު މެންދުރުފަހު 14:00 އިން ފެށިގެން 15:00 އަށް ހުޅުމާލޭ ފުރުތަމަ ފިޔަވަހީގެ ރަބަރުގަސްމަގު ގޯޅި 1 އަދި 2، އޯކިޑްމާ ހިނގުން، އިރުދޭމާ ހިނގުން ގޯޅި 2 އަދި 3 ގެ އިތުރުން ދުނބުރިމަގު ހިމެނޭ ސަރަހައްދުން ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެކަމަށް އެކުންފުނިން އެކްސްގައި ކޮށްފައިވާ ޕޯސްޓުގައި އިތުރަށް ވަނީ ބުނެފައެވެ.
މިކަމުގެ ސަބަބުން އާންމުންނަށް ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މައާފަށް އެދިފައެވެ.




ގުޅުންހުރި
ދިއްދޫ ބިން ހިއްކުން: 5 ދުވަސް ތެރޭ 21 ހެކްޓަރު ހިއްކައިފި
ޑްރަގު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގެ އެސްޕީޑީއެއް!
ޝަމާހުގެ މައްސަލައެއް އޭސީސީން ބަލަނީ
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި
ރައްޔިތުން ނުކުތީ ދިރިއުޅުމުގެ އަގު އިންތިހާއަށް ދިއުމުން، ތިބެންވާނީ އެ މީހުންނާއެކު:
މަގާމަށް އައްޔަން ކުރިތާ 4 މަސް، ސްޓެލްކޯގެ އެމްޑީ ޝަމާހު ވަކިކޮށްފި