މިސްރުން ގޭސް ގަތުމަށް ފަލަސްތީނުގެ ބިމަށް ވެރިވެގަނެގެން އުޅޭ އިޒްރޭލުގެ ކުންފުންޏަކާއެކު 35 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އިޒްރޭލުގެ ލެވިއަތަން ނަމަކަށް ކިޔާ ކުންފުންޏާއެކު މިސްރުން ސޮއިކޮށްފައިވާ އެއްބަސްވުމުގެ މުއްދަތަކީ 2040 ވަނަ އަހަރާ ހަމައަށެވެ. އެ އެއްބަސްވުމުގައިވާ ގޮތުން އެ އަހަރާ ހަމައަށް ނުވަތަ އެ އެއްބަސްވުމުގައި ބުނެފައިވާ މިންވަރު ހަމަވަން ދެން ލެވިއަތަން ކުންފުނިން މިސްރަށް 130 ބިލިއަން ކިއުބިކް މީޓަރުގެ ގޭސް ވިއްކާނެ އެވެ.
އެ ގޭސް ފޯރުކޮށްދޭނީ މިސްރަށް ގޭސް ހޮޅިތަކެއް އަޅައިގެން ކަމަށްވެސް އެއްބަސްވުމުގައި ބުނެފައިވެ އެވެ.
ލެވިއަތަން އިން މިހާރުވެސް ދަނީ މިސްރަށް ގޭސް ފޯރުކޮށްދެމުންނެވެ. އެގޮތުން 2020 ވަނަ އަހަރުން ފެށިގެން އެ ކުންފުނިން ވަނީ މިސްރަށް 23.5 ބިލިއަން ކިއުބިކް މީޓަރުގެ ގޭސް ވިއްކައިފަ އެވެ. ނަމަވެސް މިދިޔަ ޖޫން މަހުގައި އީރާނާއި އިޒްރޭލާ ދެމެދު ހިނގި 12 ދުވަހުގެ ހަނގުރާމައިގެ ސަބަބުން ލެވިތިއަން އިން ވަނީ ސަލާމަތީ ސަބަބުންތަކާ ހުރެ ގޭސް ވިއްކުން ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ.
މިސްރަކީ މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން އެންމެ ބޮޑު އާބާދީއެއް އޮންނަ އެއް ގައުމެވެ. މިކަމުގެ ސަބަބުން މިސްރުން ގޭހަށް ޑިމާންޑުކުރާ ވަރު ދަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ.




3 Comments
ގުޅުންހުރި
ފަލަސްތީން ރައްޔިތުން ސޯމާލީލޭންޑަށް ބަދަލުކުރަން އިޒްރޭލުން ރާވަނީ!
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާ އަވަހާރަވެއްޖެ
އަރުވާލެވިގެން 17 އަހަރު ހުރުމަށްފަހު ބަންގްލަދޭޝްގެ އިދިކޮޅު ލީޑަރު އެނބުރި ގައުމަށް
ޣައްޒާގެ ގެއެއް ވެއްޓި, އެއް އާއިލާއެއްގެ ފަސް މެންބަރުން ނިޔާވެއްޖެ
ސްޓެލްކޯގެ ހިދުމަތްތަކާމެދު ދެކެނީ ކިހިނެތް؟ ރަނގަޅުކޮށްލަން ކަމެއް އޮތްނަމަ ހިއްސާކޮށްލާ
އެސްޓީއޯއަށް 61 އަހަރު: ހާއްސަ އިނާމުތަކެއް ލިބުމުގެ ފުރުސަތު!