މިހާރުގެ ’ޖެންޒީ’ގެ މެދުގައި މަޝްހޫރުވެފައިވާ ޑޯލް އެއް ކަމަށްވާ ’ލުބޫބޫ ޑޯލް‘ އަކީ ޝައިނާ ކަލަކު ކަމަށް ހީކޮށް އިންޑިއާގެ އަންހެނަކު އެއަށް އަޅުކަން ކުރާ ވީޑިއޯއެއް އިންޓާނެޓްގައި ވައިރަލް ވެއްޖެއެވެ.
ލުބޫބޫ ޑޯލް ގިނަ ބައެއްގެ މެދުގައި މަޝްހޫރުވެފައި ވަނީ 2025 ވަނަ އަހަރުގައެވެ. މި ޑޯލް އަކީ ޗައިނާގެ އާޓިސްޓެއް ކަމަށްވާ ކާސިން ލުންގް އުފައްދާފައިވާ އެއްޗެކެވެ. މީގެ އަގައްބަލާއިރު އާދައިގެ ޑޯލްއެއްނަމަ 1744 ރުޕީސްއަށް އަދި ހާއްސަ ޑޯލްއެއްނަމަ 10.5 ލައްކަ ރުޕީސްއާ ހަމައަށް މީގެ އަގު އަރާނެއެވެ.
ލުބޫބޫ ވަނީ ގިނަ ޑިޒައިނަރުންނާއި މަޝްހޫރު މީހުންގެ މެދުގައި ވަރަށް އަވަހައް މަގުބޫލުވެފައެވެ. ނަމަވެސް މި ޑޯލްއާ ބެހޭގޮތުން ގިނަ ބަޔަކު ވަރަށް ބިރުވެރި ވާހަކަތަކެއް ވަނީ ދައްކާފައެވެ. އެގޮތުން، އެ ޑޯލްއަކީ ކޮންމެވެސް ގޮތަކުން ރޫހާނީ އެއްޗެއް ކަމަށާއި މި ޑޯލް ގެއަށް ގެނައުމުން ގޭތެރޭގައި ނާމާން ކަންތައްތަކެއް ހިނގާކަމުގެ ވާހަކަތަކެއް އާންމުވެ ގިނަ ބަޔަކު ވަނީ މި ޑޯލް އަންދާ ހަލާކުކޮށް ކަންތައް ކޮށްފައެވެ.
މި ހުރިހާކަމެއް ވަމުންދާއިރު، އިންޑިއާގެ އަންހެނަކު މި ޑޯލްއަކީ ކަލަކު ކަމަކަށް ހަދައިގެން އަޅުކަން ކުރާ މަންޒަރު ވަނީ ގިނަ މީހުންގެ ސަމާލުކަމަށް ގެނުވާފައެވެ.
ވީޑިއޯ ވަނީ މީސްމީޑިއާގެ އެކި އެޕްތަކުގައި ހަލުވިކަމާއެކު ހިއްސާކުރެވި ދައުރުވެފައެވެ. ބައެއް މީހުން ވަނީ މިކަމަށް މަލާމާތްކޮށް ’ކަލްޗާ މިކްސް އަޕް‘ އެއްގެ ގޮތުގައި ސިފަކޮށްފައެވެ.
އަދި އިންޑިއާ މީހުން ކޮންމެ އެއްޗަކަށް ވެސް އަޅުކަން ކޮށްފާނެ ކަމަށާއި އެމީހުންނަކީ އިލްމެއް ނެތް ބައެއް ކަމުގައި ގިނަ މީހުން ވަނީ ބުނެފައެވެ.




13 Comments
ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި