ޒަމާން ތަރައްގީވެ އުސް އިމާރާތްތަކުގައި މީހުން ދިރިއުޅުން އާންމުވެގެންދާއިރު، އިތުރު ރައްކާތެރިކަމާއި ހަރުދަނާކަން ލިއްބައިދޭ ފަސޭހަ ޒަމާނީ ކަންކަން މި އަންނަނީ އިމާރާތްތަކުގެ ޑިޒައިންގެ ތެރެއަށް ވަންނަމުންނެވެ. މިފަދަ އެއްކަމަކީ ”ސެންޓްރަލައިޒްޑް އެލްޕީޖީ ޕައިޕްލައިން ސިސްޓަމް“ އެވެ. މިއީ އާންމުކޮށް ބޭނުންކުރާ ސިލިންޑަރުތަކުގެ ބަދަލުގައި ބޭނުންކުރެވޭ ޒަމާނީ ނިޒާމެކެވެ. އަދި މި ނިޒާމަކީ ތަރައްގީވެފަައިވާ ހުރިހާ ގައުމެއްގައިވެސް މިހާރު ބޭނުންކުރަމުން އަންނަ ނިޒާމެކެވެ.
ސެންޓްރަލައިޒްޑް އެލްޕީޖީ ޕައިޕްލައިން ސިސްޓަމް އަކީ ކޮބާ؟
ސެންޓްރަލައިޒްޑް އެލްޕީޖީ ޕައިޕްލައިން ސިސްޓަމް އަކީ ގިނަ އަދަދެއްގެ އެލްޕީޖީ ޓޭންކެއް ނުވަތަ ސިލިންޑަރު ބޭންކެއް، އާންމުކޮށް އިމާރާތުގެ އެންމެ ތިރީބުރީގައި ބަހައްޓައި، އޭގެއިން ހޮޅިތަކުގެ ވިއުގައެއް މެދުވެރިކޮށް އިމާރާތުގައި ހުންނަ ކޮންމެ އެޕާޓްމަންޓަކަށް ވަކިވަކިން ގުޅާލެވޭ ނިޒާމެކެވެ. އިމާރާތުގައި ދިރިއުޅޭ ފަރާތްތަކަށް އެ މީހުންގެ ބަދިގެތަކަށް ސީދާ މެދުނުކެނޑި ގޭސް ފޯރުކޮށްދެވޭ ނިޒާމެކެވެ. އަދި ވަކިވަކި މީޓަރުތަކުން އެ ބަޔަކު ބޭނުންކުރާ ގޭސް މޮނިޓަރު ކުރެވޭ ނިޒާމެކެވެ.
ބޭނުންކުރާ ގައުމުތައް
ސެންޓްރަލައިޒްޑް އެލްޕީޖީ ޕައިޕްލައިން ސިސްޓަމް އަކީ މިހާރުވެސް ދުނިޔޭގޭ ތަރައްގީވެފައިވާ ގިނަ ގައުމުތަކުގައި ބޭނުންކުރަމުން އަންނަ ސިސްޓަމެކެވެ. ހާއްސަކޮށް އުމްރާނީ ގޮތުން ތަރައްގީ، އާބާދީ ބޮޑު އަދި ރައްކާތެރިކަމަށް އިސްކަންދޭ ބޮޑެތި ގައުމުތަކުގައި ”ބިލްޑިން ކޯޑް“ގެ ތެރޭގައި ހިމެނިގެން ބޭނުން ކުރަމުން އަންނަ ނިޒާމެކެވެ. އެގޮތުން ޔޫރަޕްގެ ގައުމުތައް، ދުބާއީ، ސިންގަޕޫރު، މެލޭޝިއާ، ތަައިލޭންޑް އަދި އިންޑިއާ ފަދަ ގައުމުތަކުގައި މިހާރުވެސް މި ސިސްޓަމް ބޭނުންކުރެއެވެ.
ރައްކާތެރި ގޮތެއްތޯ؟
ސެންޓްރަލައިޒްޑް އެލްޕީޖީ ޕައިޕްލައިން ސިސްޓަމަށް ބަދަލުވާންޖެހޭ މައިގަނޑު އެއް ސަބަބަކީ މި ނިޒާމުން ލިބޭ އިތުރު ރައްކާތެރިކަމެވެ.
- ލީކް ޑިޓެކްޓާސް: ޕައިޕްލައިންގެ އެކި ހިސާބުތަކުގައި ގިނަ އަދަދެއްގެ ލީކް ޑިޓެކްޓާސްތަކެއް ހަރުކުރެވިފައި ހުރުމުގެ ސަބަބުން، އެއްވެސް ހިސާބަކުން ލީކުވާނަމަ އެކަން ދެނެގަނެވޭނެއެވެ. އަދި ހަރުކުރެވިފައި ހުންނަ އޮޓޯ ޝަޓްއޮފް ވޭލުތަކުން އެ ލީކުވާ ހިސާބެއް ވަގުތުން ބަންދު ކުރެވިގެންދާނެއެވެ.
- ސިލިންޑަރު ގެންގުޅެން ނުޖެހުން: އަވަސް އަވަހަށް ސިލިންޑަރު ބަދަލުކުރަން ޖެހުުމުގެ ސަބަބުން ރެގިއުލޭޓަރު ދޫވެ ގޭސް ލީކްވާން މެދުވެރިވެ އެވެ. މި ނިޒާމުގެ ސަބަބުން ސިލިންޑަރު ބަދަލުކުރާކަށް ނުޖެހޭނެ އެވެ.
- ފަޔާ ރެސިސްޓަންޓް ވަސީލަތްތައް: ޕައިޕްލައިން އަޅަން ބޭނުންކުރެވޭ ހުރިހާ މެޓީރިއަލްއަކީވެސް ފަޔާ ރެސިސްޓަންޓް މެޓީރިއަލްތަކެވެ. އަދި ފަޔާ އެންޑް ރެސްކިއުގެ ސޭފްޓީ ޕްރޮޓޮކޯލްއާއި އެއްގޮތަށް އެޅިގެންދާ ޕައިޕްލައިނެއް ކަމުން އިތުރަށް ރައްކާތެރިކަން ކަށަވަރު ވެގެންދެއެވެ.
- ގަވާއިދުން މަރާމާތުކުރުން: ހިތުމަތް ދޭ ފަރާތުން ރެގިއުލާ އިންސްޕެކްޝަންތައް ހިންގައި ޕައިޕްލައިން ސިސްޓަމް އެންމެ ރަނގަޅު ހާލަތުގައި ދެމެހެއްޓޭކަން ކަށަވަރުކުރެއެވެ.
އިތުރު ފައިދާތައް:
- 24 ގަޑިއިރު ސަޕްލައި: ގޭސްފުޅި ހުސްވެގެން އުޅޭކަށް ނުޖެހޭނެއެވެ. އަދި ގޭސްފުޅި އަންނަން ދެން އިންތިޒާރުގައި ތިބޭކަށްވެސް ނުޖެހޭނެ އެވެ.
- ޖާގަ ސަލާމަތްވުން: ގޭސްފުޅި ބަހައްޓަން ޖާގަ ހަދަން ނެޖެހޭނެ އެވެ. މީގެ ސަބަބުން ބަދިގޭގެ އެހެނިހެން އެއްޗެހި ލާން ޖާގަ ލިބިގެންދާނެ އެވެ.
- ގޭސް ބޭނުންކުރެވޭ މިންވަރަށް ފައިސާ ދައްކަން ޖެހުން: ސްމާޓް މީޓަރުތަކުން ގޭސް ބޭނުންކުރެވޭ މިންވަރު ފެންނަން ހުރުމުން، ދިރިއުޅޭ ފަރާތްތަކަށް ހަމައެކަނި ބޭނުންކުރާ މިންވަރަށް ފައިސާ ދެއްކުމުގެ ފުރުސަތު ލިބިގެންދެއެވެ.

ގުޅުންހުރި
އެސްޓީއޯގެ ޑެވޮންޑޭލް ޕްރޮމޯޝަން މުޅި ރާއްޖެއަށް، އެއްވަނަ އިނާމަކަށް 50،000ރ.
އިޒްރޭލުން ގޭސް ގަންނަން މިސްރުން އެއްބަސްވެއްޖެ، އަގު 35 ބިލިއަން ޑޮލަރު!
އެސްޓީއޯ އިން ހުޅުމާލޭގައި ހިންގި ސްމާޓް ސްޓޯރު، ފާމަސީއަކަށް ބަދަލުކޮށް ހުޅުވައިފި
މެލޭޝިއާ އެއާލައިންސް އިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
ދިރާގުން މި އަހަރު ދޭނީ އެންމެ ސްޕީޑްބޯޓެއް ނޫން، ކޮންމެ ހަ
ކަލްޓަން ރެފްރިޖަރަންޓް: ތިމާވެއްޓާ ރައްޓެހި އަދި އެންމެ ކުޑަ އަގުގައި މޯލްޑިވް