މީގެ ހަތް އަހަރު ކުރިން މާލޭގައި ކުޑަ އަންހެން ކުއްޖަކު ރޭޕް ކުރި ދެ ފިރިހެނަކަށް ހުކުމްކޮށްފި އެވެ.
މި މައްސަލައަކީ 2018 ވަނަ އަހަރުގެ މެދު ތެރޭގައި މާލޭ ރަސްމީ ބޯޅަދަނޑު ހުންނަ ސަރަހައްދުގައި ހިނގި ހާދިސާއެކެވެ. އެ ހާދިސާއާ ގުޅިގެން އެކަން ކުރި މީހުން ހޯދަން އޭރު މާލޭގެ ބައެއް ގުރޫޕްތައްވެސް ނުކުތެވެ. އެކަމާއި ގުޅިގެން އެ މައްސަލައިގައި ހިމެނޭ ދެ މީހުން ފުލުހުންނާ ހަވާލުވީ އަމިއްލައަށް ކަމަށް ރެކޯޑްތައް ދައްކަ އެވެ.
މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރޭޕު ކުރުމުގެ ކުށުގެ ދައުވާ އެވެ. މިއީ ކުޑަ ކުއްޖަކަށް އަނިޔާއެއް ލިބުނު ކޭސްއެއް ކަމުން މައްސަލަ ކޯޓުގައި ކުރިއަށް ގެންދިޔައީ އާންމުކޮށް ހުޅުވައި ނުލަ އެވެ. އެހެންކަމުން ޝަރީއަތުގެ މަރުހަލާގައި މައްސަލައިގެ މާގިނަ ތަފުސީލެއް އާންމުވެފައެއް ނުވެ އެވެ.
މި މައްސަލައިގައި ހުކުމް ކޮށްފައިވަނީ މިދިޔަ ހަފުތާގަ އެވެ.




ގުޅުންހުރި
ސާފް ފުޓްސަލް މުބާރާތް: ފުރަތަމަ މެޗުގައި ރާއްޖެއަށް ބޮޑު މޮޅެއް
އަހަރުގެ ފުރަތަމަ ކްރޫޒްލައިނާ 479 ފަސިންޖަރުންނާއެކު ރާއްޖެއަށް
ވަގަށް އަނބު ބިން މީހަކު ހަތް މަހަށް ޖަލަށް
ޑެންގޫ ޖެހިގެން ރިޕޯޓް ކުރި އަދަދު އިތުރުވެއްޖެ، މިދިޔަ މަހު އެކަނިވެސް
”ވާނެތަ؟“، ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ހާއްސަ!
ހެޔޮއެދޭ ފަރާތަކުން ރ. އަތޮޅުގެ ކޮންމެ ރަށަކުން މީހަކު ހައްޖަށް ފޮނުވައިދެނީ