އުލުބޭންދުމަކީ ނޭގިގެން ރަދީފު ހޯދާކަށް ނުޖެހޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޔާމީން މިފަދައިން ވިދާޅުވީ، ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު، ބައެއް މީޑިއާތަކުގެ މުވައްޒަފުން ”އުލުބައިންދަން ޖެހޭ“ ކަމަށް ވިދާޅުވުމާ ގުޅިގެން ފުލުހުން، އެ މައްސަލަ ތަހުގީގުކުރުމާމެދު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ ލަފައެއް ހޯދަމުންދާ ކަމަށް ބުނެފައި ވަނިކޮށެވެ.
ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ފަލާހު ވިދާޅުވި ވާހަކައާ ގުޅިގެން މައްސަލަ ތަހުގީގު ކުރުމުގެ ބަދަލުގައި، މައްސަލަ ތަހުގީގު ކުރުމާމެދު ގާނޫނީ ލަފައެއް ޕީޖީން ހޯދަނީ ޕީޖީ، އައްބާސް ޝަރީފަށް ލަނޑެއް ދިނުމަށް ކަމަށް އެމަނިކުފާނަށް ފެންނަ ކަމަށެވެ.
”އުލުބައިންދަނީ ކީހިނެއްތޯ ބަލަން ބަސްފޮތް ހޯދަން ދާންވީކީ ނަސީރު ކައިރިއަކަށެއް ނޫން. މިއީ ހަމަ ބަލަން ޖެހޭ ކަމެއް ބެލޭނެ ކަމެއް. އެނގޭތޯ. އެހެންވީމަ މަގު ދިއްކުރަން މިހާރު އެހެރަ ޕްރޮސެކިއުޓާ ޖެނެރަލްއަށް ލަނޑެއް ދޭން، ކެއްސެއް ދޭން ނޫން ގޮތަކަށް އަޅުގަނޑަކަށް ސިފައެއް ނުވެއޭ،“ ޔާމީން ވިދާޅުވި އެވެ.
ޔާމީން އިތުރަށް ވިދާޅުވީ، ”އުލުބޭންދުމަކީ“ ކޮބައިކަން ހުރިހާ އެންމެންނަށް ވެސް އެނގޭނެ ކަމަށާއި، އޭގެ މާނަ ހޯދުމަށް ހެރިޓޭޖު މިނިސްޓަރު، އާދަމް ނަސީރު އަރިހަށް ނުވަތަ ރަދީފު ބަލަން ނުޖެހޭ ކަމަށެވެ.
”އަޅުގަނޑަކަށް ނުވިސްނޭ ބަހުގައި ތަފާތު މާނަތަކެއް އުޅޭ ކަމަކަށް. އެނގޭތޯ. އުލުބޭންދުމަކީ ނޭގިގެން ރަދީފު ހޯދާކަށް ނުޖެހޭ އަދި އެއަށް އިތުރު މާނައެއް ހޯދުމަށްޓަކައި މިހާރު އަނެއްކާވެސް މީތި ޕްލެޖަރައިޒްކޮށްފައި ނޫނީ މާނަ ކޮންވީނިއަންޓްލީ އަނެކަތިކުރުމަށްޓަކައި މައްޗަށް އުފުލިގެންދިޔުން،“ ރައީސް ޔާމީން ވިދާޅުވި އެވެ.
މީގެ އިތުރުން ޔާމީން ވިދާޅުވީ ފަލާހުގެ މައްސަލަ ބެލި ނަމަވެސް އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމަށެވެ.

1 Comment
ގުޅުންހުރި
މުޒާހަރާތަކަށް ނުކުމެ, ފުލުހުންނާ ކުރިމަތިލާ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލެންޖެހޭ: ފަލާހު
ގައުމުދެކެ ލޯބިވާނަމަ އެމްޑީޕީގެ އެއްވުމަކަށް ނުދާނެ: ފަލާހު
ރައީސުލްޖުމްހޫރިއްޔާގެ ދައުރު ދިގެއް ނުކުރާނެ، ނަމަވެސް މަޖިލީހުގެ ދައުރު ކުރުވެ އަޅުގަނޑު
ޖަމީލާއި މަލީހަކީ މަހު މުސާރައަށް، ޔާމީންއާއެކު އުޅެދޭ ބައެއް: ފަލާހު
ޒިންމާދާރު މަގާމުތަކުގައި ތިބޭ މީހުންނަށް ލިބޭ ހަދިޔާއަކީ ރިޝްވަތު: ޔާމީން
ފަލާހު، އިންނަމާދޫން 3 ގޯއްޗާއި ހުޅުމާލެ އިން ގޯއްޗެއް ބައްލަވައިގެންފި!