މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 200 މިލިއަނެއްހާ ރުފިޔާ ކަމަށް، ފިނޭންސް މިނިސްޓްރީން އާންމުކުރާ ތަފާސް ހިސާބުތަކުން ހާމަވެއްޖެއެވެ.
މިއީ މިދިޔަ އަހަރާ އަޅާބަލާއިރު އެހީ ލިބުނު މިންވަރު ވަރަށް ބޮޑަށް ދަށްވެފައިވާ އަދަދެކެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، މިދިޔަ މަހުގެ 28 ވަނަ ދުވަހާ ހަމައަށް ދައުލަތަށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 203.1 މިލިއަން ރުފިޔާއެވެ. ނަމަވެސް، މިދިޔަ އަހަރުގެ މި މުއްދަތުގައި ހިލޭ އެހީގެ ގޮތުގައި 371.1 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. މި އަހަރުގެ މިހާތަނަށް ލިބިފައި މިވަނީ، މުޅި އަހަރަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވާ 2.6 ބިލިއަން ރުފިޔާއިން އެންމެ އަށް ޕަސެންޓު ފައިސާއެވެ.
ހިލޭ އެހީ ލިބުނު މިންވަރު ވަރަށް ބޮޑަށް ދަށްވުމާ ގުޅިގެން، ސަރުކާރުގެ އިސް ވެރިން ގެންދަވަނީ ބޭރުގެ އެކި ގައުމުތަކާ މަޝްވަރާ ކުރައްވަމުންނެވެ. މިގޮތުން، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލާއި، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ އެހީ ހޯދުމަށް އެދި ބޭރުގެ އެކި ގައުމުތަކާ މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން، ރައީސް ޑރ. މުޙައްމަދު މުއިއްޒު ބޭރު ގައުމުތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅުތަކުގައި ވެސް މާލީ އެހީތެރިކަމާއި، އިންވެސްޓްމަންޓުތައް ފޯރުކޮށްދިނުމާ ގުޅޭ މަޝްވަރާތައް ވަނީ ކުރައްވައިފައެވެ.
ނަމަވެސް، މިހާތަނަށް އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، އެ މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން ފެންނަ ފަދަ ބަދަލެއް އަދި ދައުލަތަށް ލިބޭ ހިލޭ އެހީގެ މިންވަރަށް އައިސްފައިނުވާކަން ފާހަގަކުރެވެއެވެ.




ގުޅުންހުރި
އެސްޓީއޯގެ ބޭސްފިހާރަތައް ސަރުކާރުގެ ބޭސް ކުންފުނީގެ ދަށަށް
ސްޓެލްކޯގެ ހިދުމަތްތަކާމެދު ދެކެނީ ކިހިނެތް؟ ރަނގަޅުކޮށްލަން ކަމެއް އޮތްނަމަ ހިއްސާކޮށްލާ
އެސްޓީއޯއަށް 61 އަހަރު: ހާއްސަ އިނާމުތަކެއް ލިބުމުގެ ފުރުސަތު!
ނިޔާމަ ޗުއްޓީއަކަށް ޓްރެވަލް ތަކާފުލް: ދަތުރުމަތީގައި ދިމާވެދާނެ ކުއްލި ހާލަތްތަކަށް މުހިންމު
އަމިއްލަ ވިޔަފާރިތަކަށް ދައްކަންޖެހޭ ބިލުތަކަށް ރޯދައިގެ ކުރިން ފައިސާ ދައްކައި ނިންމޭތޯ
ބޯހިޔާވަހިކަމަށް ބަޖެޓުގައި ޖެހި 1.8 ބިލިއަންގެ ތެރެއިން ހަރަދުކުރީ އެންމެ 10