ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޓޫރިޒަމް ފެއާ, ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް)ގެ ނުވަވަނަ އެޑިޝަންގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރުގެ ގޮތުގައި ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުނި, އެލައިޑް އިންޝުއަރެންސް ބައިވެރިވެއްޖެ އެވެ.
ޓީޓީއެމްއަކީ ޓޫރިޒަމްގެ ދާއިރާގައި ފާހަގަކޮށްލެވޭ ހިދުމަތްތައް އަގުވަޒަންކުރާ ހަރަކާތެކެވެ. އެ ހަރަކާތުގެ ދަށުން ބާއްވާ ޓީޓީއެމް އެވޯޑްސް އެންޑް ގާލާ ބާއްވާފައިވަނީ 28 އޮގަސްޓުގައި އަދާރަން ސިލެކްޓް ހުދުރަންފުށީގައެވެ.
އެ ރަސްމިއްޔާތުގައި 28 ދާއިރާއަކުން ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ފާހަގަކޮށްލެވޭ ފަރާތްތަކުގެ އަގުވަޒަންކޮށް އެވޯޑް ދީފައިވެ އެވެ. އޭގެ ތެރެއިން ބައެއް އެވޯޑްތައް ހަވާލުކޮށްދެއްވީ އެލައިޑްގެ ޗީފް އަންޑާރައިޓިން އޮފިސަރު އިއުލިއާނާ ރޫސޭއެވެ.
ޓީޓީއެމް ހަރަކާތުގެ ދަށުން ބާއްވަމުން އަންނަ ޓީޓީއެމް ކަނެކްޓް މީޓިން ކުރިއަށް ދިޔައީ 27 އަދި 28 އޮގަސްޓުގައި މާލޭގައި އަލަށް ހުޅުވި ލަގްޒަރީ ހޮޓެލް,ބާސެލޯ ނަސަންދުރާގައެވެ. މި އިވެންޓުގެ ބޭނުމަކީ ޓޫރިޒަމް ދާއިރާއާ ގުޅޭ އެކި ފަރާތްތަކުން އެއްތަނަކުން ބައްދަލުވެ, ގުޅުން ބަދަހިކޮށް, ވިޔަފާރިތައް ފުޅާކޮށް, ރާއްޖޭގެ ޓޫރިޒަމްގެ މުސްތަގުބަލަށް މަސައްކަތް ކުރުމެވެ.
އެގޮތުން މިއަހަރުގެ ޓީޓީއެމް ކަނެކްޓް މީޓިންގައި 500 އަށްވުރެ ގިނަ ޓްރެވަލް ޓްރޭޑް މާހިރުންނާއި ޓޫރިޒަމް ދާއިރާގައި އުޅޭ 100 އަށްވުރެ ގިނަ ވިޔަފާރިވެރިން ބައިވެރިވި އިރު, ޓީޓީއެމް ކަނެކްޓް ޕޯޓަލް މެދުވެރިކޮށް 3,000 އަށްވުރެ ގިނަ ޕްރީ ޝެޑިއުލް ބައްދަލުވުން ބޭއްވި އެވެ.
ޓީޓީއެމް ކަނެކްޓް މީޓިންގައި އެލައިޑްގެ ސޭލްސް ޓީމުން ބައިވެރިވެ, ޓޫރިޒަމް ދާއިރާގެ ސްޓޭކްހޯލްޑަރުންނާ އޮންނަ ގުޅުން ބަދަހިކޮށް, މުހިންމު ކަންކަމާ މަޝްވަރާކޮށްފައިވެއެވެ.




ގުޅުންހުރި
އެސްޓީއޯގެ ބޭސްފިހާރަތައް ސަރުކާރުގެ ބޭސް ކުންފުނީގެ ދަށަށް
އެލައިޑުން އެސްއެމްއީތަކަށް ހާއްސަ ”ކޯޕަރޭޓް ގްރޫޕު ހެލްތު އިންޝުއަރެންސް“ ޕެކޭޖުތަކެއް
ސްޓެލްކޯގެ ހިދުމަތްތަކާމެދު ދެކެނީ ކިހިނެތް؟ ރަނގަޅުކޮށްލަން ކަމެއް އޮތްނަމަ ހިއްސާކޮށްލާ
އެސްޓީއޯއަށް 61 އަހަރު: ހާއްސަ އިނާމުތަކެއް ލިބުމުގެ ފުރުސަތު!
ނިޔާމަ ޗުއްޓީއަކަށް ޓްރެވަލް ތަކާފުލް: ދަތުރުމަތީގައި ދިމާވެދާނެ ކުއްލި ހާލަތްތަކަށް މުހިންމު
އަމިއްލަ ވިޔަފާރިތަކަށް ދައްކަންޖެހޭ ބިލުތަކަށް ރޯދައިގެ ކުރިން ފައިސާ ދައްކައި ނިންމޭތޯ