ރަށްރަށުގެ ކައުންސިލްތަކަށް ސަރުކާރުން ދެއްވާ ބްލޮކް ގްރާންޓް ނުވަތަ ހިލޭ އެހީގެ ފައިސާގެ ފިސްކަލް ފޯމިއުލާ މުރާޖާކޮށް، ރަށުގެ ބޮޑުމިނަށް ރިއާޔަތްކުރެވޭ ގޮތަށް ބަދަލުކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
މި ނިންމެވުން އައިސްފައިވަނީ އާބާދީ ކުޑަ، އެހެނަސް ބިމުގެ ގޮތުން ތަނަވަސް ރަށްރަށުގެ ކައުންސިލްތަކަށް މިހާރުގެ އުސޫލުން ގެއްލުންތައް ލިބޭކަން ފާހަގަކުރެއްވުމަށްފަހުއެވެ.
ރައީސް މިރޭ ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާރު އުސޫލު ހަދައިފައި އޮތް ގޮތުން އާބާދީ ކުޑަ ރަށްރަށުގެ ކައުންސިލުތަކަށް ބްލޮކްގްރާންޓް ލިބޭ މިންވަރު މަދު ކަމަށެވެ.
ނަމަވެސް އާބާދީ ކުޑަ، ބިން ބޮޑެތި ރަށްތައް ހުންނައިރު، އެފަދަ ރަށްރަށުގައި ކުރަންޖެހޭ މުނިސިޕަލް މަސައްކަތްތައް މަދުނޫންކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންވެ ބްލޮކް ގްރާންޓު ދޭ ގޮތުގެ ފިސްކަލް ފޯމިއުލާ މިހާރު އޮތް ގޮތުން އެފަދަ ކައުންސިލުތަކަށް ގެއްލުންވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެކަމަށް ރިއާޔަތްކުރައްވައި، ފިސްކަލް ފޯމިއުލާ މުރާޖާކުރުމުގައި ރަށުގެ ބޮޑުމިނަށް ރިއާޔަތްކުރެވޭ ގޮތަށް ބަދަލުކޮށް، އަންނަ އަހަރުގެ ބަޖެޓު ހުށަހަޅާއިރު އެ ބަދަލާއެކު ހުށަހަޅަން ނިންމަވައިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.




ގުޅުންހުރި
ކައުންސިލު އިންތިހާބަށް ޕީއެންސީގެ ޑޯޓުޑޯ ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
ބަންގްލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި
ކޮންމެ މީހަކު ވެސް އިސްލާހު ގެންނަން ފަށަންވީ އަމިއްލަ ނަފުސާ ހަމައިން:
ދެ އިންތިހާބު އެއްކޮށްލުމަށް ހިޔާލު ހޯދުމުގެ ވޯޓު، ކައުންސިލު އިންތިހާބާއެކު ބާއްވަން
ޓައިމް މެގަޒިންގެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް މުއިއްޒު
އިތުރުކުރާ ދެ ކެޓަގަރީއަށް ގޯތި ދޭން އަންނަ މަހު ހުޅުވާލަނީ