މާލޭ ސަރަހައްދުން ވަގަށް ނެގި 90 ސައިކަލަކާއި 19 ފޯނެއް ހޯދައި ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ބުނީ މާލެ ޕޮލިސް ކޮމާންޑްގެ ޑިޕާޓްމެންޓްތަކުން ކުރި މަސައްކަތްތަކުގެ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި 90 ސައިކަލަކާއި 19 ފޯނު ވަނީ ހޯދައިދީފަ އެވެ. އަދި ބައެއް އިލެކްޓްރޯނިކްސް ސަމާނާއި 328،350ރ. ވެސް ފުލުހުން ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަދި ބައެއް އެހެނިހެން ތަކެތީގެ ގޮތުގައި ޖުމްލަ 80،848ރ. ގެ ތަކެތި ހޯދައިފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.
މިދިޔަ މަހުގެ ތެރޭގައި ފުލުހުން ވަނީ ޖުމްލަ 5581 މީހަކު ހުއްޓުވައި ސުވާލުކޮށްފައި ކަމަށާއި އޭގެ ތެރެއިން 5373 މީހުންނަކީ ކުށުގެ ރިކޯޑް އޮތް މީހުން ކަަމަށް ފުލުހުން ބުންޏެވެ.
ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލުކުރަން އަވައްޓެރި ފުލުހުން ކޮށްފައިވާ މަސައްކަތަށް ބަލާއިރު، 900 ކޮމިއުނިޓީ އިންޓަރެކްޝަން ދީފައިވެ އެވެ. އަދި 102 މައްސަލައެއް ހައްލުކުރަން މަސައްކަތްކޮށްފައިވެ އެވެ.




1 Comment
ގުޅުންހުރި
ފުވައްމުލަކުގެ ޑުރަގް ބޮޑެއް 75 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
ގެއެއްގެ ރުކަކުން ވަގަށް 26 ކުރުނބާ އެޅި މީހަކު ޖަލަށް ލާން
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ޕިކަޕެއްގެ ދަށުގައި މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި