ބޮލީވުޑްގެ މަޝްހޫރު ތަރި ދިޝާ ޕަޓާނީގެ ގެއަށް ބަޑި ޖެހި ދެ ގޭންގްސްޓާރުންގެ ގަޔަށް ބަޑި ޖަހައި މަރާލައިފި އެވެ.
ސައިކަލެއްގައި އައި ދެ މީހަކު ބެއާއިލީގައި ހުންނަ ދިޝާ ޕަޓާނީގެ ގެއަށް ބަޑި ޖެހީ މިދިޔަ ހުކުރު ދުވަހު އެވެ. އެކަން ކުރީ ގޯލްޑީ ބަރާރް-ރޯހިތް ގޮޑާރާ ގޭންގަށް ނިސްބަތްވާ ކުއްލު އަދި އަރުން އެވެ.
އެ މީހުންނާ ގުޅުން ހުރި ސޯޝަލް މީޑިއާ އެކައުންޓަކުން އެކަމަށް ފަހުން އިއުތިރާފުވެސްވި އެވެ. ނަމަވެސް ފަހުން އެ ޕޯސްޓާއި އެ ޕޯސްޓު ކުރި އެކައުންޓުވެސް ވަނީ ފޮހެލައިފަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެ މީހުންގެ ގަޔަށް ބަޑި ޖަހައި މަރާލީ ނޮއިޑާ ޔުނިޓުގެ ސްޕެޝަލް ޓާސްކް ފޯސް އާއި ދެއްލީގެ ފުލުހުންގެ ޖޮއިންޓް ޓީމަކާ ދެމެދު ޓްރޮނިކާ ސިޓީގައި ހިނގި ކުރިމަތިލުމެއްގަ އެވެ.
އަދި އެ މީހުން ފުލުހުންނަށް ހަމަލާ ދިން ސަރަހައްދުން ބަޑިއާއި ކާޓްރިޖްތަކެއް ފެނުނު ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.




3 Comments
ގުޅުންހުރި
ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
މާލެއިން ޒުވާނަކު ގެއްލިގެން ހޯދަނީ
ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ފުލުހަކަށް ހަމަލާދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި
އިންސާނީ ކަރާމާތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް
ތައުބާވުމަކީ ތަގުވާވެރިކަމުގެ މަތީގައި ދެމިހުރުމަށް މަގުފަހިވާނެ ކަމެއް: ހުތުބާ
ރޯދަ މަހު ދުވާލު މަގުމަތީގައި ޗުއިންގަމެއް ކެއި މީހަކު ހައްޔަރުކޮށްފި