ކަފިހިހުރަސްމަތިން މަގުހުރަސްކުރި މީހެއްގެ ގައިގައި ކާރުން ޖެހުމުން، މަޑުނުކޮށް ދިޔަ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނީ، މިދިޔަ އާދިއްތަ ދުވަހުގެ ރޭ 9:30 ހާއިރު ހިތިގަސް މަގުން އެމްއޭސީއެލް ޓަވަރު ކައިރީގައި ހިނގި އެކްސިޑެންޓުގައި އަނިޔާވީ 63 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ.
އޭނާގެ އެއްފައިގެ ކަށިމަތި ބިންދައިގެން ގޮސްފައިވާއިރު އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ.
ފުލުހުން ބުނީ، ކަފިހިހުރަސް މަތިން ހިނގާފައި ދަނިކޮށް ކާރުން ޖެހި، އެ މީހާ ވެއްޓުމުން ވަނީ މަޑުނުކޮށް އެ ސަރަހައްދުން ގޮސްފަ އެވެ. އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ފުވައްމުލަކު/ ދަޑިމަގު/ ނައިސް، ހާލިދު އަބްދުﷲ އަލީ، 57އ. އެވެ.




1 Comment
ގުޅުންހުރި
ދިއްދޫ ބިން ހިއްކުން: 5 ދުވަސް ތެރޭ 21 ހެކްޓަރު ހިއްކައިފި
ޑްރަގު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގެ އެސްޕީޑީއެއް!
ޝަމާހުގެ މައްސަލައެއް އޭސީސީން ބަލަނީ
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި
ރައްޔިތުން ނުކުތީ ދިރިއުޅުމުގެ އަގު އިންތިހާއަށް ދިއުމުން، ތިބެންވާނީ އެ މީހުންނާއެކު:
މަގާމަށް އައްޔަން ކުރިތާ 4 މަސް، ސްޓެލްކޯގެ އެމްޑީ ޝަމާހު ވަކިކޮށްފި