ނޮވެމްބަރ 28, 2025

ފްލޮޓީލާގެ ބޯޓެއް ފަލަސްތީންގެ ކަނޑުގެ ސަރަހައްދަށް ވަދެއްޖެ، ޣައްޒާއާ ވަރަށް ކައިރީގައި

އެހީ ހިފައިގެން ޣައްޒާއަށް ދަތުރުކުރަމުންދާ ”ގްލޯބަލް ސުމޫދް ފްލޮޓީލާ“ގެ ބޯޓެއް ފަލަސްތީންގެ ކަނޑުގެ ސަރަހައްދަށް ވެފައިވާ ކަމަށް ބުނެފި އެވެ

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާ ހިސާރުކޮށްފައި އޮންނަ އޮތުން ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް ޣައްޒާއަށް ދަތުރުކުރަމުންދާ 45 ބޯޓުގައި އެކި ގައުމުތަކުގެ ސިޔާސީ މީހުންނާއި ގާނޫނީ ވަކީލުންނާއި ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރާ އެކްޓިވިސްޓުންގެ 500 ވަރަކަށް މީހުން ހިމެނެ އެވެ

އެ ބޯޓުތައް އިއްޔެގެ ވަގުތެއްގައި ރެޑް ޒޯނެއް ވަދެފައިވާއިރު، އިޒްރޭލުން ރޭ ވަނީ 13 ބޯޓަކަށް އަރައި، 37 ގައުމަކަށް ނިސްބަތްވާ 200 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފަ އެވެ.

ގުދުސް ނިއުސް ނެޓްވޯކުން ބުނެފައިވާ ގޮތުން ގްލޯބަލް ސުމޫދް ފްލޮޓީލާގެ ބޯޓެއް ފަލަސްތީންގެ ކަނޑުގެ ސަރަހައްދަށް މިހާރު ވަނީ ވަދެފަ އެވެ. ”މިކެނޯ“ ނަމަކަށް ކިޔާ އެ ބޯޓު މިހާރު ޣައްޒާއާ ހުރީ ވަރަށް މަދު ކިލޯމީޓަރު ދުރުގައި ކަމަށްވެސް ބުނެފައިވެ އެވެ.

4 Comments

  • Fathmath Mohamed އޮކްޓޯބަރ 2, 2025

    Alhamdhulillah

  • ناصحة ابراهيم އޮކްޓޯބަރ 2, 2025

    Alhamdhu lillaah

  • Mariyam Naeema އޮކްޓޯބަރ 2, 2025

    Aameen

  • Niky Nish އޮކްޓޯބަރ 2, 2025

    Alhamdhulillah

Leave a Reply to ناصحة ابراهيم Cancel reply