ހީއެއްގެ މައްޗަށް ބަހެއް ބުނެ، އޭގެ މައްޗަށް އަމަލުކުރުމަކީ، ތިބާ ފާފަވެރިވެދާނޭ ކަމެއް ކަމަށާއި އެހެންކަމުން ސާބިތުނުވާ ވާހަކަތައް ފެތުރުމަކީ، ޒިންމާދާރު މުސްލިމަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
”މުއުމިނުންގެ ބަސްމަގު“ މި މައުޞޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, މާތް اللهއާއި އާހިރަތްދުވަހަށް އީމާންވާ މީހާ، ބުނާހުށީ ހެޔޮ ބަސް ކަމަށާއި އަހަރެމެން ބުނާ ބަސްތަކާއި ކުރާ އަމަލުތައް އަބަދާއި އަބަދު ލިޔެވި ރައްކާކުރެވޭ ކަމަށެވެ. އަދި ގިޔާމަތްދުވަހުން އެ ތަކެތި އޭގެ އަހުލުވެރިޔާއަށް ދެއްކޭނެ ކަމަށާއި އެ ދުވަހުން އެ އަމަލުތަކަށް ޖަވާބުދާރީވާންޖެހޭނެ ކަމަށްވެސް ބުންޏެވެ.
ހުތުބާގައި ބުނީ, ސާބިތުނުވާ ދޮގުވާހަކަ ދެއްކުމަކީ، އިސްލާމް ދީން ނުހަނު ބޮޑަށް މަނާކުރާ ކަމެއް ކަމަށެވެ. އަދި މީހުން ދައްކާ ވާހަކައިގެ ތެދުދޮގު ބެލުމެއްނެތި، އެ ވާހަކަ ފެތުރުމަކީ އޭގެ ނަތީޖާ ނުހަނު ހިތިވެދާނޭ ކަމެއް ކަމަށާއި އޭގެ ކުރީން އެ ވާހަކައެއްގެ ހަގީގަތަކީ ކޮބައިތޯ ބަލާން ޖެހޭނެ ކަމަށް ބުންޏެވެ. އަދި ބުނީ, އިސްލާމް ދީނުގައި ހިޔާލުތަކާއި ޝުއޫރުތައް ފާޅުކުރުމުގެ މިނިވަންކަން ދެއްވާފައިވަނީ މި ކަންކަމަށް ރިއާޔަތް ކޮށްގެން ކަމަށެވެ.
ހުތުބާގައި ބުނީ, ބައެއް މީހުން ކުށްހީއެއްގެ މައްޗަށް ބިނާކޮށް، ފާޑުފާޑުގެ ވާހަކަތައް ފަތުރައިހަދައި ކަމަށާއި އޭގެ ތެރޭގައި މީހުން ބަދުނާމުވެ، އަބުރުގެއްލޭ ޒާތުގެ ވާހަކަ ވެސް ހިމެނޭ ކަމަށެވެ.
ނަމަވެސް މުސްލިމުން ވާންޖެހޭނީ، ބުނާ ބަހަކުން ނުވަތަ ކުރާ އަމަލަކުން ވިއަސް ސަވާބާއި ދަރުމަ ހޯދާ ބަޔަކަށްކަން ފާހަގަކޮށް ހުތުބާގައި ބުނީ, އޭގެ ސަބަބުން އަމިއްލަ ނަފުސާއި އެހެންމީހުން ހަލާކުގެތެރެއަށް ވައްޓައިލާބަޔަކަށް މުސްލިމުން ވެގެން ނުވާނެ ކަމަށެވެ. ކަންކަން އޮޅުންނުފިލުވައި ވާހަކަދެއްކުމަކީ، އިސްލާމް ދީނުގައި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމެއްނޫން ކަމަށްވެސް ބުންޏެވެ.
ހުތުބާގައި ބުނީ, މުސްލިމުން ވާންޖެހޭނީ އެބައިމީހުންގެ އަހުންގެ އައިބުތައް ފޮރުވާ ބަޔަކަށް ކަމަށާއި އެ ކަންކަން ހާމަކުރާ ބަޔަކަށް ނޫން ކަމަށެވެ. އަދި މީސްތަކުންގެ އައިބުތައް ފޮރުވައިދޭ މީހާއަށް ދުނިޔެއާއި އާހިރަތުގައި ވެސް، މާތް الله އެ މީހާގެ އައިބުތައް ވަންހަނާ ކޮށްދެއްވާނެ ކަމަށްވެސް ބުންޏެވެ.




ގުޅުންހުރި
ޖިންސީ ފުރައްސާރަކުރިކަން ސާބިތުވުމުން، ފެރިދޫ ކައުންސިލްގެ ރައީސް ސަސްޕެންޑްކޮށްފި
ނުރައްކާތެރިކޮށް ވެހިކަލް ދުއްވާނަމަ 20 އަހަރަށް ޖަލަށްލެވޭ ގޮތް ހަދަނީ
ކައުންސިލްތަކުގެ ސައިޒް ކުޑަކުރުމަށް މަޖިލީހުން ފާސްކޮށްފި
އަނބިމީހާއަށް 15،000 ރުފިޔާ ދޭންޖެހޭ، އަތަކު އެކައްޗެއް ވެސް ނޯވޭ: އައްބާސް
ނައިބު ރައީސުންގެ އިނާޔަތަށް ޝަރުތު ހަމަވަނީ ފައިސަލް އެކަނި
ކުރީގެ ނައިބު ރައީސުންނަށް މަހަކު 25,000ރ. އިނާޔަތެއް ދޭން ސަރުކާރުގެ ފަރާތުން