އިދިކޮޅު އެމްޑީޕީން މިރޭ މާލޭގައި ބާއްވާ ބޮޑު މުޒާހަރާގެ ތެރެއިން ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މީހުންނަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.
”ލޫޓުވައިފި، ލޫޓުވައިފި“ ނަމުގައި އެމްޑީޕީން މިރޭ މުޒާހަރާ ފެށީ އާޓިފިޝަލް ބީޗުންނެވެ. އެތަނުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމާއި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) އަދި މުހައްމަދު ޝިފާޒު (ޝިއްޕެ) މުޒާހަރާގެ ބައިވެރިންނާ ވާހަކަދެއްކެވުމަށްފަހު މުޒާހަރާގެ ބައިވެރިން ދެން ނުކުތީ މަގުމައްޗަށެވެ.
މުޒާހަރާގެ ބައިވެރިން މަޖީދީ މަގުން ކުރިއަށްދާން މަސައްކަތް ކުރި ނަމަވެސް ފުލުހުން ވަނީ މަޖީދީ މަގު ހެންވެއިރު ސްޓޭޑިއަމް ކައިރިއަށް ދިއުމުގެ ކުރިން މުޒާހަރާގެ ބައިވެރިން ހުއްޓުވައިފަ އެވެ.
މުޒާހަރާގެ ބައިވެރިން ހުއްޓުވުމަށް ޝިލްޑާއެކު އެސްއޯ ފުލުހުން ތިބި އިރު، މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދޭތެރޭގައި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް ހިނގި އެވެ. އެ ހަމަނުޖެހުންތަކުގެ ތެރެއިން ފުލުހުން ޕެޕާސްޕްރޭ ވެސް ބޭނުންކުރިތަން ފެނިފައިވެ އެވެ.
ފުުލުހުން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ، އެމްޑީޕީގެ މުޒާހަރާ ހުއްޓުވީ ކުރިން ހުއްދަ ދީފައިވާ ރޫޓާ ހިލާފަށް، މަޖީދީ މަގުން ކުރިއަށްދާން ފެށުމުން ކަމަށެވެ. އެގޮތަށް އަމަލު ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެ، އިންޒާރު ދީފައިވާނެ ކަމަށާއި ނަމަވެސް އެކަމަށް އިޖާބަ ނުދިން ކަމަށް ފުލުހުން ބުންޏެވެ.
”އެއްވުމުގެ ބައިވެރިން ފުލުހުންނާ ދިމާލަށް ގަލާއި ފެންފުޅި އުކައި، ފުލުހުންގެ އާލާތްތައް އަތުލަން މަސައްކަތްކޮށް، އަދި ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅާފައިވެ އެވެ. އެހެންކަމުން މި އަމަލުތައް ހިންގި ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ،“ ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.




10 Comments
ގުޅުންހުރި
ޖިންސީ ފުރައްސާރަކުރިކަން ސާބިތުވުމުން، ފެރިދޫ ކައުންސިލްގެ ރައީސް ސަސްޕެންޑްކޮށްފި
ނުރައްކާތެރިކޮށް ވެހިކަލް ދުއްވާނަމަ 20 އަހަރަށް ޖަލަށްލެވޭ ގޮތް ހަދަނީ
ކައުންސިލްތަކުގެ ސައިޒް ކުޑަކުރުމަށް މަޖިލީހުން ފާސްކޮށްފި
އަނބިމީހާއަށް 15،000 ރުފިޔާ ދޭންޖެހޭ، އަތަކު އެކައްޗެއް ވެސް ނޯވޭ: އައްބާސް
ނައިބު ރައީސުންގެ އިނާޔަތަށް ޝަރުތު ހަމަވަނީ ފައިސަލް އެކަނި
ކުރީގެ ނައިބު ރައީސުންނަށް މަހަކު 25,000ރ. އިނާޔަތެއް ދޭން ސަރުކާރުގެ ފަރާތުން