ތިނަދޫ ސިޓީގައި ބާރު ދުވެލީގައި ދުއްވާފައި އައި ސައިކަލަކުން ޖެހި، ކުޑަކުއްޖަކަށް އިއްޔެ އަނިޔާވެއްޖެ އެވެ.
ފުލުހުން މިއަދު ބުނީ، އިއްޔެ އިރުއޮއްސި 6:16 އެހާކަންހާއިރު އެ އެކްސިޑެންޓް ހިނގީ ތިނަދޫ އާބާދީ ހިނގުމުގައި ހުނޅަގުން އިރަށް ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ދުވެފައި މަގު ހުރަސްކުރި ހަ އަހަރުގެ ކުއްޖެއްގެ ގައިގައި ޖެހިގެން ކަމަށެވެ.
އެ އެކްސިޑެންޓުގައި އަނިޔާވި ކުއްޖާއަށް ޑރ. އަބްދުލް ސަމަދް މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އެ ހޮސްޕިޓަލުން ބުނީ ކުއްޖާއަށް އެއްވެސް ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށެވެ. އެ ކުއްޖާގެ ހާލު ސްޓޭބަލް ކަމަށާއި ކުއްޖާއަށް މިހާރު ފަރުވާ ދެމުންދަނީ ވޯޑުގައި ކަމަށްވެސް ބުންޏެވެ.
ފުލުހުން ބުނީ، އެ އެކްސިޑެންޓުގައި ސައިކަލް ދުއްވާފައިވަނީ ލައިސެންސް ނޯންނަ 21 އަހަރުގެ މީހެއް ކަމަށެވެ. އަދި އެކްސިޑެންޓް ވުމުން އެ މީހާ މަޑުނުކޮށް ދިއުމުން ސައިކަލު ދުއްވި މީހާ ހައްޔަރުކޮށް، ސައިކަލު ޓޯކޮށްފައިވާ ކަމަށްވެސް ބުންޏެވެ.




1 Comment
ގުޅުންހުރި
ޑުރަގް ވިޔަފާރިކޮށް މަނީ ލޯންޑާކުރާ ބޮޑުން ހޯދަން ގއ. އަތޮޅުގައި ބޮޑު
ކިނޮޅަސް ކައިރިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ
ބަނގުރާ ގެންގުޅެ، ބޭނުންކުރާކަމުގެ ތުހުމަތުގައި ނޭޕާލް ބަޔަކު ހައްޔަރުކޮށް ޑީޕޯޓްކޮށްލަން ނިންމައިފި
13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލަ: 17 އަހަރުގެ ކުއްޖާ
ބޭރު ގައުމުތަކުގައި ތިބި ކުށްކުރާ ދިވެހިންނަށް ފުލުހުންގެ އިންޒާރު: ތިބި ތަނަކުން
ދެ ތަނެއް ބަލައިފާސްކޮށް، ޑުރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި