ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރަމުން އަންނަ ފުލެޓުތަކުގެ ލިސްޓަށް ބަދަލު ގެނެސް، ރިޝްވަތު ނަގައިގެން ވަކި ބަޔަކަށް ފުލެޓު ދޭން އުޅޭ ކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ، ބޭރުކޮށްލައިފި އެވެ.
އެ މައްސަލަ ހުށަހެޅުވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރެވެ. ނަމަވެސް އެ މައްސަލަ އެޖެންޑާކޮށްފައި ނުވާތީ މިއަދުގެ މަޖިލިސް ޖަލްސާގައި މައުރޫފް ވަނީ އެކަމާ ނުރުހުން ފާޅުކޮށްފަ އެވެ.
އެކަމާ ގުޅިގެން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގެ 197 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ކުއްލި މައްސަލައަކީ ހަގީގަތެއްގެ މައްޗަށް އެކުލެވިގެންވާ މައްސަލައަކަށް ވާންޖެހޭ ކަމަށެވެ. އެކަމަކު، މައުރޫފް ހުށަހެޅުއްވި މައްސަލައަކީ ހަގީގަތެއްކަން މެންބަރަށް ބަޔާންކޮށްދެވިފައިނުވާ ކަމަށް ވިދާޅުވި އެވެ.
އެހެންވެ، އެ މައްސަލަ ބަލައިނުގަންނާނެކަން ވަނީ އިއުލާން ކުރައްވައިފަ އެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ 4،000 ފުލެޓުގެ ތެރެއިން 350 އެއްހާ ފުލެޓު، ހައުސިން މިނިސްޓްރީގެ މުވައްޒަފުންތަކެއް ކަމަށް ބުނާ ބަޔަކު ވިއްކަން އުޅޭ ކަމަށް ފަހި ޔޫނިއަނުން ވެސް ވަނީ ތުހުމަތުކޮށްފަ އެވެ. އެކަން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވަނީ މީގެ ކުރިން ދޮގުކުރައްވައިފަ އެވެ.




ގުޅުންހުރި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް
އެންމެ ގިނަ އަދަދެއްގެ ހާފިޒުން ދަސްވެނިވާ ތާރީހީ ހަފުލާ އަންނަ އާދީއްތަ