ސަރުކާރުގެ ހަރަދުގައި އަންނަ އަހަރު ހައްޖަށް ފޮނުވާ 50 ފަގީރުން މިއަދު ހޮވައިފި އެވެ.
ވެރިކަމުގެ ދައުރުގެ ތެރޭގައި 1،000 މީހުން ސަރުކާރުގެ ހަރަދުގައި ހިލޭ ހައްޖަށް ފޮނުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެހެންވެ، އެ ވައުދުގެ ދަށުން ސަރުކާރުގެ ހަރަދުގައި ފަގީރުން ހިލޭ ހައްޖަށް ފޮނުވަން ފެށީ މިދިޔަ އަހަރު އެވެ. މިދިޔަ އަހަރު 50 ފަގީރުން ފޮނުވި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، ސަރުކާރުގެ ހަރަދުގައި އަންނަ އަހަރު ހައްޖަށް ފޮނުވާ ފަގީރުން ހޮވާފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޒަކާތު ހައުސް އިން ރިވިއުކޮށްފައިވާ ފަގީރުންގެ ދަފުތަރަށް ބަލައި ގުރުއަތުލައިގެންނެވެ.
މިއަދުގެ ގުރުއަތުލުމުގައި އަންނަ އަހަރު ހައްޖަށް ފޮނުވާ 50 މީހުންގެ އިތުރުން އެއްވެސް ހާލަތެއް ދިމާވެގެން ގުރުއަތުން ހޮވުނު މީހަކު އުނިވެއްޖެ ނަމަ، ފުރުސަތު ދޭނެ 25 މީހުން ހޮވާފައިވެ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، ފަގީރުންގެ ލިސްޓުގައި ފަރުޞު ހައްޖު އަދާނުކޮށް ތިބި 376 މީހުން އެބަ ތިބި ކަމަށެވެ.




3 Comments
ގުޅުންހުރި
އެކަނިވެރި މައެއްގެ މާލީ ހިސާބުތައް އާންމުކުރެވުމުން ޝަހީމް މައާފަށް އެދިއްޖެ
ފްލެޓަށް ޑައުން ޕޭމަންޓް ނުދެއްކި ތިބި ފަގީރުންނަށް ޒަކާތު ފަންޑުން އެ
މާލޭގައި 12 ބުރީގެ ވަގުފް އިމާރާތެއް ހަދަން 39 މިލިއަން ރުފިޔާއަށް
ހައްޖުވެރިންގެ ސިއްހީ ކުޅަދާނަކަމާ ބެހޭ ސާކިއުލާގައި ވަނީ އާ އުސޫލެއް ނޫން:
ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް: ފަހުރުވެރި ރަންވަނަތައް ޝާޔާ، ޝަބާ އަދި
ގުރުއާން މުބާރާތުގެ ކޮންމެ ބަޔަކުން 1 ވަނަ ފަރާތަކަށް ޕީއެޗްޑީއާ ހަމައަށް