ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅެމުންދާ ބޭރު މީހުންނަށް އާސަންދަ ނުލިބޭ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަަހަޅަން ނިންމައިފިއެވެ.
އެ މައްސަލައިގައި އެ ގަރާރު ހުށަހަޅުއްވަން ނިންމަވާފައިވަނީ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
ކުޑޫގެ ގަރާރުގައި ބުނީ، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ހައްގުތަކާއި މިނިވަންކަން، ތަފާތުކުރުމެއްނެތި ކޮންމެ މީހަކަށް ލިބިގެންވާ ކަަމަށް، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ގާނޫނުއަސާސީއާ އެއްގޮތަށް އަމަލު ކުރުމާއި، ގާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކޮށް، ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއްކަމަށް ގާނޫނުއަސާސީގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ގާނޫނުއަސާސީއަށް ނަޒަރު ކުރާ އިރު، އިންތިހާބުތަކުގައި ވާދަކުރުމާއި، ދައުލަތުގެ އެކިއެކި މަގާމްތަކަށް އައްޔަންކުރުމުގެ ހައްގު ފިޔަވައި، ދިވެހި ރައްޔިތުންނާއި ރާއްޖޭގެ ސިޔާދަތުހިނގާ ސަރަހައްދުގައި އުޅޭ ބިދޭސީންނާ މެދުގައި، ހައްގުތައް ލިބިދިނުމުގައި އެއްވެސް ތަފާތު ކުރުމެއް ނެތްކަން ފާހަގަވާ ކަމަށް ގަރާރުގައި ބުނެފައިވެއެވެ.
އޭގެ އިތުރުން ދިވެހި ރައްޔިތުންގެ ތެރެއިން އާބާދީގެ ނިސްބަތުން ގިނަ އަދަދެއްގެ ބަޔަކު، ބިދޭސީންނާ ކައިވެނިކޮށްގެން، ރާއްޖޭގައި ދިރިއުޅެމުންދާ އިރު، އެމީހުންނަށް ދަރިން ލިބި އެ ދަރިން ރާއްޖޭގައި ބޮޑެތިވެ، އެ ދަރިންނަށް ދަރިން ލިބި، އެ މީހުންގެ މުޅި ހަޔާތް ރާއްޖޭގައި ވޭތުކުރަމުންދިޔަ ނަމަވެސް އާސަންދައިގެ ހިދުމަތް ލިބެމުންދަނީ ދިވެހި ރައްޔިތުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ މީހުންނަށް އެކަނި ކަމަށް ވެސް ބުނެފައިވެއެވެ.
ގަރާރުގައި ބުނެފައިވަނީ، ބިދޭސީއަކު ދިވެހި ރައްޔިތަކަށް ވުމަން އޮންނަ ހަަމައެކަނި މަގަކީ، ”ދިވެހިރާއްޖޭގެ ސިޓިޒަންޝިޕްގެ ގާނޫނު“ ގައި ބަޔާންކޮށްފައިވާ އުސޫލުން ދިވެހި ރައްޔިތަކަށްވުން ކަމާއި، އެ ގާނޫނަކީ ބައި ގަރުނަށްވުރެ ގިނަ ދުވަސްވެފައިވާ ގާނޫނެއްކަމަށްވާތީ ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންގެ ތެރެއިން ދިވެހި ރައްޔިތުކަން ހޯދަން ބޭނުންވާ އެތައް ބަޔަކަށް އެ ފުރުސަތު ހޯދިފައިނުވާ ކަމަށެވެ.
އެ ބިދޭސީންނަށް އާސަންދައިގެ ހިދުމަތް ނުލިބުމަކީ އެމީހުންގެ ކަންބޮޑުވުމެއް ކަމަށާއި ގަރާރު ހުށަހަޅަނީ، އެކަމާ މެދު މަޖިލިސް މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ބެލުމަށް ކަމަށްވެސް ގަރާރުގައި ބުނެފައިވެއެވެ.

ގުޅުންހުރި
ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައި ވަނިކޮށް އޭސީޕީ ދާއޫދު ޗުއްޓީއަށް
އަހަރަކު 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ބުނި ބަންކަރިން އިން
އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓު ކުރުމާ ގުޅޭ ބިލެއް ސަރުކާރުން މަޖިލީހަށް ހުށަހަޅައިފި
އެއް ކުއްޖަކު ނުވަތަ ދެ ކުދިންނަށްވުރެ އިތުރަށް ދަރިން ނުހޯދުން ފެޝަނަކަށް
ފިރިހެނަކު ފިރިހެނަކަށް ވަނީ 65 އަހަރު ފުރުމުން: އިބްރާހިމް ހުސެއިން
އެއް ދުވަހު އިތުބާރު ނުކުރެވޭ ވެރިއަކަށް އަނެއް ދުވަހު އިތުބާރު ކުރެވިދާނެ,