ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ އިންޑިއާ އަށް ފުރާވަޑައިގެންފި އެވެ.
އެ މަނިކުފާނު އިންޑިއާގެ ނިއުދިއްލީއަށް ފުރާވަޑައިގެންނެވީ ކޮމަންވެލްތުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި އޮފިސަރުންގެ 28 ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށެވެ.
މި މަހުގެ 13 އިން 18 އަށް ކުރައްވާ މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) އާއި މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯ، އަހުމަދު ނިހާން ހުސައިން މަނިކުގެ އިތުރުން ސީނިއާ ފޮރިން ރިލޭޝަންސް އޮފިސަރު، އާއިޝަތު އީމާން ބައިވެރިވެ ވަޑައިގަންނަވަ އެވެ.
ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މަޖިލީހުގެ ރައީސް ރާއްޖެ ވަޑައިގަންނަވާނީ މި މަހުގެ 18 ގައެވެ.



