މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ހޮވާ ތިން މެންބަރުން އައްޔަންކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުން މިއަދު ވަނީ އެ ކޮމިޝަނަށް އައްޔަންކުރާ ތިން ބޭފުޅުން ކަނޑައަޅައިފައެވެ. އެއީ ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ މެންބަރު ހ. ޓޫހާޓްސް، މުހައްމަދު ފަރުސަތާއި ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ދ. މީދޫ، ބިއްލޫރިވިލާ، ސަފާ ޝަފީގު އަދި ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ މެންބަރު ގ. ގޮފި، އާމިނަތު ސަރާހަތު އިއްޒަތެވެ.
ރައީސް އޮފީހުން މިއަދު ބުނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ފަރާތެއްގެ ހައިސިއްޔަތުން، އެ ގާނޫނުގެ 20 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތީން، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމަށް އެ ތިން ބޭފުޅަކު މިއަދު އައްޔަންކުރައްވާފައިވާ ކަމަށެވެ.
މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އެކުލެވިގެންވަނީ ޖުމުލަ ހަތް މެންބަރުންގެ މައްޗަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެންބަރުންނެވެ.
އެގޮތުން މީޑިއާތަކުން އިންތިހާބުކުރި ހަތަރު މެންބަރުން އެ ކޮމިޝަނުގެ މެންބަރުކަމަށް މިމަހުގެ 13 ގައި ވަނީ ހަމަޖައްސައިފައެވެ. އެއީ ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެންބަރުންނާއި އެހެން މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންނެވެ. ހޮވަން ޖެހޭ އަދަދަށް ކުރިމަތިލާފައިވުމުން، އެ މެންބަރުން އިންތިހާބުވެފައިވަނީ ވޯޓަކާ ނުލައެވެ.
މީޑިއާ ކޮމިޝަނަށް މީޑިއާތަކުން ހޮވުނު މެންބަރުން
- އަބްދުލްއަޒީޒް އިބްރާހީމް، މޫނިމާގެ / ށ. ފޭދޫ
- ޒަމްއަތު އަހުމަދު ވަހީދު، މަލަ / ގދ. ތިނަދޫ
- ސިމާހާ ނަސީމް، ވެލީގެ / ގދ. ރަތަފަންދޫ
- ހުސައިން ޘަގީފް، ހިސާން / ހދ. ވައިކަރަދޫ




ގުޅުންހުރި
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް
ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ހަމަޖައްސައިފި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެއްކޮށްލަން ބިލެއްް
ރައީސް އަންގާރަ ދުވަހުގެ ރޭ ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ބޭރު ފައިސާއިން ސާވިސް ޗާޖު ދޭންޖެހޭ ގޮތް ހަދަން އިސްލާހެއް ހުށަހަޅަނީ