މަރުކަޒީ ބޭންކް, އެމްއެމްއޭ އިން ފައިސާ ދީގެން ޕެންޝަން ފަންޑުން ސަރުކާރުގެ ބޮންޑެއް ގަންނަ މައްސަލައިގައި ހިތްހަމަނުޖެހި ޕެންޝަން ބޯޑުގައި އިންނަވާ އަހުމަދު ޝަރުވަޝް އާދަމް ބޯޑުން އިސްތިއުފާ ދެއްވައިފި އެވެ.
އެކަން ހާމަކުރައްވައި ޝަރުވަޝް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ, އެމްއެމްއޭ އިން ފައިނޭންސް ކުރާ ބޮންޑް ގަތުމުގެ މުއާމަލާތަކީ ގާނޫނީ އަދި އިގުތިސާދީ ގޮތުން ސީރިއަސް ކަންބޮޑުވުންތަކެއް ހުރި ނިންމުމެއް ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ.
އެހެންވެ މަގާމުން އިސްތިއުފާ ދެއްވީ ތެދުވެރިކަމާއި ނަޒާހަތްތެރިކަން އަދި މުއައްސަސާގެ މިނިވަންކަމުގެ އުސޫލުތައް ދެމެހެއްޓުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ގަބޫލުކުރައްވާތީ ކަމަށްވެސް ޝަރުވަޝް ވިދާޅުވި އެވެ.
ޕެންޝަން ފަންޑުން މީގެ ކުރިން ގަނެފައި ހުރި ސަރުކާރުގެ 2.4 ބިލިއަނެއްހާ ރުފިޔާގެ ޓީބިލް ގަންނަން މަރުކަޒީ ބޭންކް، އެމްއެމްއޭން މިހާރު ވަނީ އެ އޮފީހަށް ހުށަހަޅައިފަ އެވެ. އަދި ފިނޭންސް މިނިސްޓްރީން މިހާރު ވަނީ 2.5 ބިލިއަނެއްހާ ރުފިޔާގެ އާ ޓީބިލަކަށް އިންވެސްޓްކޮށްދޭން ޕެންޝަން ފަންޑަށް ހުށަހަޅައިފަ އެވެ.
އޭގެ މާނައަކީ ކުރީގެ ޓީބިލްތައް އެމްއެމްއޭއަށް ވިއްކައިގެން ޕެންޝަން ފަންޑަށް ލިބޭ ފައިސާއިން، ސަރުކާރުން ހުށަހަޅާފައިވާ އާ ޓީބިލަށް ޕެންޝަން ފަންޑުން އިންވެސްޓްކުރާނެ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ، ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން އެމްއެމްއޭ އިން ސަރުކާރަށް ދަރަންޏަށް ފައިސާ ދޫކުރަނީ އެވެ.



1 Comment
ގުޅުންހުރި
އެސްޓީއޯގެ ބޭސްފިހާރަތައް ސަރުކާރުގެ ބޭސް ކުންފުނީގެ ދަށަށް
އެފްއައިޔޫގެ ވެރިޔާ ސާޖިދު ސަސްޕެންޑުކޮށްފި
މާލީ ދާއިރާ ތަރައްގީކުރުމުގެ ހަރަކާތްތައް އިފްތިތާހުކޮށްފި
ސްޓެލްކޯގެ ހިދުމަތްތަކާމެދު ދެކެނީ ކިހިނެތް؟ ރަނގަޅުކޮށްލަން ކަމެއް އޮތްނަމަ ހިއްސާކޮށްލާ
އެސްޓީއޯއަށް 61 އަހަރު: ހާއްސަ އިނާމުތަކެއް ލިބުމުގެ ފުރުސަތު!
ނިޔާމަ ޗުއްޓީއަކަށް ޓްރެވަލް ތަކާފުލް: ދަތުރުމަތީގައި ދިމާވެދާނެ ކުއްލި ހާލަތްތަކަށް މުހިންމު