އެއާޕޯޓަށް ވަންނަން ދިޔަ ބޭންކުގެ ދެ މުވައްޒަފެއްގެ އަތުން ފައިސާ ހުރި ދަބަހެއް ފޭރިގެންފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޓާމިނަލް 1 އަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފެއްގެ އަތުން ފައިސާ ހުރި ދަބަހެއް ފޭރިގެންފި އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މިއަދު ފަތިހު 4:45 އެހާކަންހާއިރު ހިނގި އެ ހާދިސާގައި ބޭންކުގެ މުވައްޒަފުންގެ އަތުން ފައިސާ ދަބަސް ފޭރިގަތީ މޫނު ނިވާކޮށްގެން ތިބި ބައެއް ކަމަށެވެ.

ފޭރުމުގެ އަމަލުގައި ބައިވެރިވީ ކިތައް މީހުން ކަމެއް ފުލުހުން ނުބުނެ އެވެ. އަދި ފޭރިގެން ދަބަހުގައި ހުރީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއްވެސް ފުލުހުން ހާމައެއް ނުކުރެ އެވެ.

އާންމު ގޮތެއްގައި ބޭންކުން އެއްތަނުން އަނެއް ތަނަށް ފައިސާ އުފުލުމުގައި ފުލުހުންގެ އެހީތެރިކަން ބޭނުންކުރެ އެވެ. ނަމަވެސް މި ހާދިސާގައި ބޭންކުގެ މުވައްޒަފުންނާއެކު ފުލުހުން ނެތީ ކީއްވެ ކަމެއް ވެސް ފުލުހުން ނުބުނެ އެވެ.

3 Comments

  • Kaito Kenji އޮކްޓޯބަރ 27, 2025

    Inside job

  • Azlan Mohamed އޮކްޓޯބަރ 27, 2025

    Military meehun BML ah laan veenu 🙄

  • Ithi Bijilee އޮކްޓޯބަރ 27, 2025

    Thee kuree sarukaaru kameh 😅😅

Leave a Reply