ޑިސެމްބަރ 19, 2025

ފުލުހުން ބުނީ ބޭންކުން ފައިސާ ގެންދިއުމުގައި އެ އިދާރާގެ ސެކިއުރިޓީ ބޭނުންކޮށްފައި ނުވާ ކަމަށް!

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޓާމިނަލް 1 އަށް ވަންނަން ދިޔަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ދެ މުވައްޒަފުން ފައިސާ ގެންދިއުމުގައި ފުލުހުންގެ ސެކިއުރިޓީ ބޭނުންކޮށްފައި ނުވާ ކަމަށް އެ އިދާރާ އިން ބުނެފި އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މިއަދު ފަތިހު 4:45 އެހާކަންހާއިރު ހިނގި އެ ހާދިސާގައި ބޭންކުގެ މުވައްޒަފުންގެ އަތުން ފައިސާ ދަބަސް ފޭރިގަތީ މޫނު ނިވާކޮށްގެން ތިބި ބައެއް ކަމަށެވެ.

އެ ފައިސާ ފޭރިގަތް އިރު، ފުލުހުން ކައިރީގައި ތިބި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވެ އެވެ. ނަމަވެސް އެކަން ދޮގުކޮށް ފުލުހުން ބުނީ، އެ ފައިސާ ގެންދިއުމުގައި އެ އިދާރާގެ ސެކިއުރިޓީ ބޭނުންކޮށްފައި ނުވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ވީއައިއޭގެ ބާ ޓާމިނަލާއި އާ ޓާމިނަލްގެ ތެރޭގައި ބީއެމްއެލްގެ މުވައްޒަފުން ފައިސާ އެއް ތަނުން އަނެއް ތަނަށް ގެންދަނީ ފުލުހުންގެ ސެކިއުރިޓީއާ އެކުގަ އެވެ. އަދި އޭޓީއެމްތަކަށް ވެސް ފައިސާ އުފުލާއިރު ފުލުހުން ތިބެ އެވެ.

3 Comments

  • Abraham Lincan އޮކްޓޯބަރ 27, 2025

    Thinimuneenun,

  • Ibrahim Thoif އޮކްޓޯބަރ 27, 2025

    BML in raavaigen kuraakamehthaa thiya ehenveema

  • Hã Şh Îm އޮކްޓޯބަރ 27, 2025

    ތީ ވަރަށް ގަބޫލު ނުކުރެވޭ ވަހަކައެއް އެވަރުގެ ބޮޑު އެމައުންޓެއް އެއްތަނުން އަނެއްތަނަށް ޓުރާންސް ކުރާއިރު ފުލުހުން ނަށް ނޭންގުމަކީ ބޮޑު ޖޯކެއް ނު

Leave a Reply