ޑިސެމްބަރ 23, 2025

ޕީއެންސީގެ ޖަލްސާއިން މުޅި ރާއްޖެ އޮތް ގޮތް، ރައްޔިތުންގެ ފިކުރު ސާފުވާނެ: އަބްދުއްރަހީމް 

ރައީސް ޑރ. މުހައްމަދު މުއިއްޒު ލ. ފޮނަދުއަށް ވަޑައިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله އާ ސަލާމްކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

އަންނަ ހުކުރު ދުވަހު ޕީއެންސީން ބާއްވާ ޖަލްސާއިން، ރައްޔިތުންގެ ފިކުރު ސާފުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަންނަ ހުކުރު ދުވަހުގެ ރޭ 8:30 ގައި ޕީއެންސީން ބާއްވާ ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން މާލޭގައި މިއަދު ހެނދުނު ބޭއްވި ހަރަކާތުގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުން އެ ޖަލްސާގައި ބައިވެރިވާނީ އާ އުންމީދަކާއި އާ ރޫހަކާއި އާ ދިރުމަކާއެކީގައި އާ މުސްތަގުބަލަކަށް އުންމީދުކޮށްގެން ކަމަށެވެ. އަދި ރައްޔިތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ މެދު އޮތް ޔަގީންކަން އެ ޖަލްސާއިން ސާފުވާނެ ކަމަށް ވިދާޅުވިއެވެ.

”އިރާދަކުރެއްވިއްޔާ އެރޭ ފެންނާނެ ދިވެހިރާއްޖެ އޮތް ގޮތް. ދިވެހިރާއްޖެ އޮތީ ކޮން ފިކުރެއްގައިކަން، ކޮން ލީޑަރަކާއެކުގައިކަން ވަރަށް ސާފުކޮށް އިރާދަކުރެއްވިއްޔާ 14 ވަނަ ދުވަހުގެ ރޭ ހެދިގޮނޑުދޮށުން ފެނިގެންދާނެ. މަސްތަގުބަލު ވަރަށް ސާފުކޮށް މިހާރު ފެންނަން އެބައޮތް އަޅުގަނޑުމެންނަށް،“ އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންނަށް ރައީސް މުއިއްޒުގެ ވެރިކަން ދާ މިސްރާބު ރަނގަޅުކަން އެނގޭނެ ކަމަށާއި ޕީއެންސީގެ ސަރުކާރުގައި ރައީސް މުއިއްޒާ އެކީގައި ރައްޔިތުން ބޭނުންވާ ތަރައްގީގެ މަންޒިލަށް ވާސިލުވެވޭނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އޮންނާނެ ކަމަށެވެ.

”އެހެންވީމާ އެ ޔަގީންކަން އިތުރަށް ރައީސުލްޖުމްހޫރިއްޔާއަށް ކަށަވަރުކޮށްދިނުމަށް، އެ މީހުން ތިބީ ޕީއެންސީގެ ސަރުކާރާ އެކީގައިކަން، ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކީގައިކަން، ވާދަވެރި ފަރާތްތަކުން ދައްކާ އަސްލެއް ނެތް ވާހަކަ ރައްޔިތުން ގަބޫލުނުކުރާކަން ސާބިތުކޮށްދިނުމަށްޓަކައި ތި ލޮބުވެތި ރައްޔިތުން 14 ވަނަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗަށް ޖަމާވަނީ،“ އަބްދުއްރަހީމް ވިދާޅުވިއެވެ.

އަންނަ ހުކުރު ދުވަހުގެ ރޭ ޕީއެންސީން ބާއްވާ ޖަލްސާގައި އެ ޕާޓީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

6 Comments

  • Zahira Hasan ނޮވެމްބަރ 8, 2025

    Nuvaalhe vazeefa rufiyaa behima dhaane

  • Raashidh Ahmed ނޮވެމްބަރ 8, 2025

    Jalsa nimunyma engeyni Dn buna ehcheh

    • Adam ShAkeel ނޮވެމްބަރ 8, 2025

      Raashidh Ahmed kirusai libeytha.

  • Yum Yum ނޮވެމްބަރ 8, 2025

    Rayyathunge fikuru aee gaumee fikuru. Rayyathunge kula akee ves rah, hudhu, fehi.

  • Ibrahim Rasheed ނޮވެމްބަރ 8, 2025

    Adhurey thee varahbodu kuh hee eh kithanme baivaru meehunnevves ekkurevidhaane baarah adugadhaves kurevidhaane vazeefaage biru dhakkaigen meehun ekkurevidhaane rayyathun thibigoth neygeyne meehunn ginavumakun

  • Nasyf Ahmed ނޮވެމްބަރ 10, 2025

    Mulhi raajje faisaayah vote vikkaa goiy feney abadhuves

Leave a Reply to Adam ShAkeel Cancel reply