އިދިކޮޅު އެމްޑީޕީން މިމަހުގެ 17 ވަނަ ދުވަހު ބާއްވަން ތައްޔާރުވި އެއްވުން ބޭއްވުމަށް ސަރުކާރުން ހުއްދަދީފައިނުވާތީ އެ އެއްވުން ފަސްކޮށްފިއެވެ.
އެމްޑީޕީން ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ، އެއްވުން ބޭއްވުމަށް ތަނެއް ހޯދުމަށް ކުރި މަސައްކަތަށް ސަރުކާރުން ހުރަސްއަޅައި، އެ އެއްވުން ބޭއްވުމަށް ހުރަސް އަޅާފައިވާ ކަމަށްބުނެ އެ އެއްވުން ފަސްކުރުމަށް ހުށަހަޅައިފައެވެ.
އެ އެއްވުން ފަސްކުރުމަށް ގައުމީ މަޖިލިސް ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ. ނަމަވެސް އެ އެއްވުން ފަސްކުރާނެ ވަކި ތާރީހެއް ކަނޑައަޅައިފައެއް ނުވެއެވެ.
ގައުމީ މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަމުންގެންދެވި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ ކާނިވަލް، އާޓިފިޝަލް ބީޗު ނުވަތަ ރަސްފަންނުގައި އެއްވުން ބޭއްވުމަށް މަސައްކަތްކޮށްފައިވާނެ ކަމަށާއި ނަމަވެސް ސަރުކާރުން އެކަމަށް ހުއްދަދީފައިނުވާ ކަމަށެވެ. އަދި މަރާމާތަކަށް ސަރުކާރަށް ސަލްޓަން ޕާކު ނެގުމުން އެއްވުން ބޭއްވުމަށް އެތަން ވެސް ދީފައިނުވާ ކަމަށް ވިދާޅުވިއެވެ.
އެއްވުން ޕްރޮމޯޓުކުރުމަށް އެމްޑީޕީން ކުރި މަސައްކަތްތަކަށް ވެސް ސަރުކާރުން ހުރަސް އަޅާފައިވާ ކަމަށާއި އެގޮތުން ހުޅުމާލޭގައި ދަމާފައިވާ ބެނާތައް ވެސް ނަގާފައިވާ ކަމަށް އިބުރޭ ވިދާޅުވިއެވެ.




2 Comments
ގުޅުންހުރި
ނަޝީދު، ސަރުކާރަށް: ހިޔާލުފާޅުކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތްތައް ހުއްޓާލާ!
މީހެއްގެ ”މަހާއި ކައްޓާ“ ކައިގެން އިންތިހާބު ކާމިޔާބުކުރާކަށް ބޭނުމެއް ނޫން: މޭޔަރު
އެމްޑީޕީއަށް ކައުންސިލު އިންތިހާބު ކާމިޔާބުކޮށްދިނުމަށް ހުރިހާ އެއްބާރުލުމެއް ދޭނަން: ނަޝީދު
އަޅުގަނޑަކީ މީހެއްގެ ނުފޫޒެއްގައި ޖެހޭނެ މީހެއް ނޫން: ގަޕޯ
އެމްޑީޕީގެ ވަގުތީ ޗެއާޕާސަންކަމަށް ގަޕޯ އިންތިހާބުކޮށްފި
ބަޖެޓުން ފައިސާ ލިބޭ ޕާޓީތަކުގެ ލިސްޓުން އަދާލަތު ޕާޓީ އުނިވެއްޖެ