ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކަށް ފައިސާދިނުން ހުއްޓުވުމަށް ކޯޓަށް ހުށަހެޅުމަށް އިދިކޮޅު އެމްޑީޕީން ނިންމައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާއެއްގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްގީގެ 206 މަޝްރޫއެއް ހިންގުމަށް ސަރުކާރުން ވަނީ އަމިއްލަ ކުންފުނިތަކަކާއެކު ސޮއިކޮށްފައެވެ. އެ މަޝްރޫއުތަކުގެ ޖުމުލަ އަގަކީ 2.71 ބިލިއަން ރުފިޔާ ކަމަށް ސަރުކާރުން ބުނެއެވެ.
އެ ކުންފުނިތަކަށް ފައިސާދިނުން ހުއްޓުވުމަށް ކޯޓަށް ހުށަހެޅުމަށް، އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި، ހޯރަފުށީ ދާއިރާގެ ރައީސް އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަހުމަދު ސަލީމް ވަނީ ގަރާރެއް ހުށަހަޅުއްވައިފައެވެ.
ސަލީމްގެ ގަރާރުގައި ވިދާޅުވީ ސަރުކާރުން އެ މަޝްރޫއުތަކުގެ މަސައްކަތް ކުންފުނިތަކާ ހަވާލުކޮށްފައިވަނީ އެއްވެސް ވަރެއްގެ ހާމަކަމެއް ނެތި ކަމަށާއި ބިޑު ކުރުމެއްނެތި އެފަދަ ގިނަ މަޝްރޫއުތަކެއް ހަވާލުކުރުމަކީ މާލިއްޔަތު ގަވާއިދުގެ ދަށުން ކުރެވޭނެ ކަމެއް ނޫންކަމަށްވުމުން މާލިއްޔަތު ގާނޫނާ ހިލާފަށް، މާލިއްޔަތު ގަވާއިދު ބަދަލުކޮށްފައިވާ ކަމަށެވެ.
އެހެންކަމުން އެ އެއްބަސްވުންތައް ބާތިލުކުރަންޖެހޭ ކަމަށާއި އެމްޑީޕީގެ ވެރިކަމެއްގައި އެ މައްސަލަ ބަލަންޖެހޭނެ ކަމަށެވެ. އަދި މަޝްރޫއުތައް ހަވާލުކުރުމާ ގުޅިގެން ގާނޫނީ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް އޭނާގެ ގަރާރުގައި ވިދާޅުވިއެވެ.
ކުންފުނިތަކަށް ފައިސާދިނުން ހުއްޓުވުމަށް އެމްޑީޕީން މައްސަލަ ކޯޓަށް ހުށަހެޅުމަށް، ސަލީމް ހުށަހެޅުއްވި ގަރާރު ގައުމީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.




1 Comment
ގުޅުންހުރި
މަސައްކަތް އަދި މި ފެށުނީ، އެމްޑީޕީން އެކުގައި ނުކުމެ އިންތިހާބު ބޮޑުތަނުން
އެމްޑީޕީގެ މެމްބަރުން ހާލުގައި ޖައްސައި މަގުމަތިކޮށްފައި ދުވަހަކުވެސް ނުދާނަން: އާދަމް އާޒިމް
ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު ޑްރެޖަރު ގެނެސް ދިއްދޫ ބިން
ރަސްމާލެ ހިއްކުން: 1 މަސް ތެރޭ ތިލަފުށީގެ ބިމުގެ ސައިޒަށްވުރެ ބޮޑު
ދިއްދޫ ބިން ހިއްކަން ގެނައީ ދުނިޔޭގައި އޮތް އެންމެ ބޮޑު އަނެއް
ވެރިކަންކުރާ ޕީއެންސީގައި 74،000 މެންބަރުން، އެމްޑީޕީގައި 43،700 މީހުން