ޖެނުއަރީ 3, 2026

އެކަނިވެރިންނަށް 100 ފުލެޓު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް 100 ފުލެޓު

މި ސަރުކާރުން އަލަށް ފަށާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ދޫކުރާ ފުލެޓުތަކުގެ ތެރެއިން އެކަނިވެރި މައިންނާއި ބަފައިންނަށް 100 ފުލެޓު އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 100 ފުލެޓު ހާއްސަކޮށްފިއެވެ.

މި ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތު ރޭ އިއުލާންކޮށް، ގޯއްޗާއި ފުލެޓު ދޭނެ އުސޫލުތައް ވަނީ ގެޒެޓުކޮށްފައެވެ.

މި ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތު ރޭ އިއުލާންކޮށް، ގޯއްޗާއި ފުލެޓު ދޭނެ އުސޫލުތައް ވަނީ ގެޒެޓުކޮށްފައެވެ.

ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މާލެ ސަރަހައްދުންނާއި ރަސްމާލެއިން ދޫކުރާ ގޯއްޗާއި ފުލެޓަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އަންނަ ޖެނުއަރީ ހަތަރުވަނަ ދުވަހުން ފެށިގެން އަންނަ މާޗް ތިންވަނަ ދުވަހުގެ ނިޔަލަށް www.hiyaavehi.gov.mv ޕޯޓަލް މެދުވެރިކޮށް ހުޅުވާލެވޭނެ ކަމަށެވެ.

އެގޮތުން އެޕްލިކޭޝަން ހުށަހެޅޭނީ ”މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލު“ ނުވަތަ ”މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމުގެ އުސޫލު“ ގެ ތެރެއިން ކޮންމެވެސް އެއް އުސޫލެއްގެ ދަށުން ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ މަޝްރޫއުގެ ދަށުން ޖުމުލަ 7500 ފުލެޓު ދޫކުރުމަށް ހަމަޖެހިފައިވާ އިރު، އޭގެ ތެރެއިން މާލެ ރަށްވެހިންނަށް ވަނީ 4000 ފުލެޓު ހާއްސަކޮށްފައެވެ. މާލޭގައި ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅެމުންދާ ފަރާތްތަކަށް 1500 ފުލެޓު ދޫކުރުމަށް ހަމަޖެހިފައިވާ އިރު، ދައުލަތުގެ މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ހާއްސަ ކެޓަގަރީތަކުގެ މީހުންނަށް ވެސް ފުލެޓު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހާއްސަ ކެޓަގަރީތައް:

  • އަހަރުން ދަށުގެ ކުދިން ބަލާ އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިން – 100 ފުލެޓު
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް – 100 ފުލެޓު
  • އަލަތު ކައިވެނި ކުރާ ފަރާތްތައް/ ޒުވާން އާއިލާތައް – 250 ފުލެޓު
  • މާލޭގައި އާއިލާ ބިނާކޮށްފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް – 50 ފުލެޓު
  • މާލޭގައި އާއިލާ ބިނާކޮށްފައިވާ ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާ އަދާކުރާ މުވައްޒަފުން – 200 ފުލެޓު
  • މާލޭގައި އާއިލާ ބިނާކޮށްފައިވާ ޖުޑިޝަރީގެ މުވައްޒަފުން – 100 ފުލެޓު
  • މާލޭގައި އާއިލާ ބިނާކޮށްފައިވާ މަސްވެރިންގެ ދަފުތަރުގައި ހިމެނޭ ފަރާތްތައް – 100 ފުލެޓު
  • މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަޙުރޫމުވެފައިވާ ފަރާތްތައް – 50 ފުލެޓު
  • ވެށިފަހި މާލެ އާއި ހިޔާ މަޝްރޫޢުން ފުލެޓް ލިބޭނެކަމުގެ ލިޔުން ލިބި، އެ ލިޔުމާ އެއްގޮތަށް ފުލެޓް ހަވާލުކޮށްފައިނުވާ ފަރާތްތައް – 300 ފުލެޓު
  • ދިރިއުޅޭނެ ބޯހިޔާވަހިކަމެއް ނެތި މާލޭގައި ދިރިއުޅެމުންދާ ފަގީރު އާއިލާތަކަށް ބޯހިޔާވަހިކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މިނިސްޓްރީން ކަނޑައަޅާ ދައުލަތުގެ މުއައްސަސާއަކުން ހަދާ އެސެސްމަންޓަކުން ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭންޖެހޭކަމަށް ކަނޑައަޅާ ފަރާތްތައް – 50 ފުލެޓު

ފުލެޓު ދޫކުރާ މުއައްސަސާތައް (300 ފުލެޓު):

  • ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
  • ރައްޔިތުންގެ މަޖިލީހުގެ އިދާރާ
  • އެޓާނީ ޖެނެރަލްގެ އޮފީސް
  • ފޮރިން ސާވިސް
  • ޖުޑިޝަލް ސާވިސް ކޮމިޝަން
  • އިލެކްޝަންސް ކޮމިޝަން
  • ސިވިލް ސާވިސް ކޮމިޝަން
  • ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
  • އެންޓި ކޮރަޕްޝަން ކޮމިޝަން
  • އޮޑިޓާ ޖެނަރަލް އޮފީސް
  • ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް
  • މޯލްޑިވިސް މަނިޓަރީ އޮތޯރިޓީ
  • މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
  • މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
  • ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން
  • މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން
  • ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
  • ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ
  • ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
  • މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރު
  • ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީސް
  • އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓަންޓަސް އޮފީސް
  • ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
  • ވަޒީފާއާބެހޭ ޓްރައިބިއުނަލް
  • ލޯކަލް ގަވަމަންޓް އޮތޯރިޓީ
  • ޓެކްސް އެޕީލް ޓްރައިބިއުނަލް

6 Comments

  • Zahira Hasan ނޮވެމްބަރ 17, 2025

    Hadhaafa ninmaafa dhey jehunu fuletu kolhuves nudhevigen ulheyiru anen inthikhaaban konhisaabu akurutheken thalhaakan 🤣

  • Rilwan Saeed ނޮވެމްބަރ 17, 2025

    Nanthah ves kada alhaa aamu kollabala…a rah aharemen thibeynan beykaaru masathkath nukoh

  • Mohamed Raaif ނޮވެމްބަރ 17, 2025

    Baaki flat thah baaala

  • Fathimath Azheema Waheed ނޮވެމްބަރ 17, 2025

    Sana Shamym adhi chance eba oii

  • Agisa Usman ނޮވެމްބަރ 18, 2025

    Saabahey

  • Shahu Binth Shamym ނޮވެމްބަރ 19, 2025

    Haadha varakah flat eba alhaey

Leave a Reply to Fathimath Azheema Waheed Cancel reply